ލައިފް ސްޓައިލް

މޫނު ރީތިކޮށްލުމަށް އަމިއްލައަށް ތައްޔާރުކުރެވިދާނެ 3 ވައްތަރެއްގެ މާސްކް!


މޫނުގެ ހަމަކީ އަވި އަދި ހިރަފުހުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ އެއްތަނެވެ. މޫނުގެ ހަންގަނޑުގެ ކުލަ އަނދިރިވުމާ، ރޫޖެހުން އަދި ލޯކައަރީ ހަމުގެ ކުލަ ފަނޑުވުން ކޮންޓްރޯލްކޮށް، މޫނުމަތި ރީތި ކުރުމަށް ކޮންމެ ހަފްތާއަކު ސެލޫނަށް ގޮސް ފޭޝަލް ހެދުމަކީ ޖީބަށްވެސް އަދި ވަޒީފާއާ ގޭގެ މަސައްކަތުގައި ބިޒީކޮށް އުޅޭ މީހަކަށް ފަސޭހަކަމަކަށް ނުވާނެއެވެ. ނަމަވެސް މިކަމަސް ފަސޭހަ ހައްލެއް އެބައޮތެވެ. އަޅުގަނޑުމެން ގޭގައި ކައްކާ ކާން ގެންގުޅޭ ގިނަ ތަކެތި ބޭނުންކޮށްގެން ގޭގައި އެކި ވައްތަރުގެ ފޭޝަލްއެއް ތައްޔާރުކޮށްލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ތިރީގައި މިފަދައިން ތައްޔާރުކޮށްލެވޭ ވަރަށް ފޭޝަލްތަކެއް ކިޔާލަދޭނަމެވެ.

ދޮންކެޔޮ ފޭޝަލް :

މިހާގެ އުމުރުމައްޗަށްދާ ވަރަކަށް މޫނުމަތީގެ ހަންގަނޑު ދޫވެ، ރޫޖެހި، އެހެނިހެން މައްސަލަތައް ދިމާވެއެވެ. މިފަދަ މައްސަލަތައް ހައްލުކުރުމަށް ބާޒާރުގައި އެކިކަހަލަ ކެމިކަލް އެކުލެވޭ ކްރީމްތައް ވަރަށް ގިނައިން ހުރެއެވެ. ނަމަވެސް މިފަދަ ކެމިކަލްތަކާ ނުލާ ނެޗުރަލީ މޫނުގެ ހަންގަނޑު އޮމާންކޮށް ރީތި ކުރުމަށް ދޮންކެޔޮލަކީ ވަރަށް އިފެކްޓިކް އެއްޗެކެވެ.
ދޮންކެޔޮ ފޭޝަލް ހެދުމަށް ބޭނުންވާނީ ދޮންވެ ފީވާން ކައިރިވެފައިވާ ދޮންކެޔޮލެއް އެކަނިއެވެ. ދޮންކެޔޮ ޗަސްކޮށްލުމަށްފަހު މޫނުގައި އުނގުޅާލާ 20 މިނެޓު ބަހައްޓާލާފައި ފިނި ފެންކޮޅަކުން ދޮވެލާށެވެ.
މޫނުމަތީގައި އާންމުކޮށް ބިހި ނަގާ މީހުންނަށްވެސް ދޮންކެޔޮ އަޅައިގެން ހަދާ ވަރަށް ރަގަނޅު ފޭޝަލެއް ހުރެއެވެ. އެއީ ¼ ޖޯޑު ޕްލެއިން ޔޯގަޓް، 2 ސަމުސާ މާމުއި އަދި 1 ދޮންކެޔޮ މިކްސްކޮށްގެން ހަދާ ފޭޝަލެކެވެ. މިވެސް އެކުގައި މިކްސްކުރުމަށްފަހު މޫނުގައި އުނގުޅާ 20 މިނެޓު ބަހައްޓާފައި ފިނި ފެންކޮޅަކުން ދޮވެލާނީއެވެ.

ބިސް ފޭޝަލް މާސްކް :

ބިހަކީ ކެއުމުންވެސް ހަށިގަނޑަށް ކުރާއެއްޗެކެވެ. އެހެންކަމުން ބިހެއް ބޭނުންކޮށްގެން ފޭޝަލެއް ހަދާ ބޭނުންކުރުމުން ހަންގަނޑަށް ފައިދާތަކެއް ކުރާނެކަން އެއީ ޕްރެކްޓިކަލް ކަމެކެވެ.
މިގޮތުން ޑްރައި ސްކިން ހުންނަ މީހުންނަށް ބިހުގެ ޔޯކް ( ގޮބޮޅި ) ވަކިކޮށް ފޮނުއަރަންދެން މިކްސްކޮށް މޫނުގަލާށެވެ. އަދި އޮއިލީ ސްކިން ހުންނަ މީހެއްނަމަ ބިހުގެ ވައިޓްސްއަށް ކުޑަ ލުނބޯކޮޅަކާ މާމުއިކޮޅެއް އެއްކޮށް މިކްސްކޮށްފަ މޫނުގަ ކާއްތާށެވެ. 20 މިނެޓު ވުމުން ފިނިފެން ކޮޅެއްލާ ދޮވެލާށެވެ.

ޔޯގަޓް ފޭޝަލް :

މިއީ މޫނުގެ ހަންގަނޑު ސާފުކޮށްލުމަށް ވަރަށްވެސް އެފެކްޓިވް ފޭޝަލެކެވެ. ޕްލެއިން ޔޯގަޓްކޮޅެއް މޫނުގައި އުގުޅާލާފައި 10 މިނެޓު ބަހައްޓާލުމަށްފަހު ފިނި ފެންކޮޅަކުން ދޮވެލާށެވެ.
އިތުރަށް އިފެކްޓިކް ކޮށްލުމަށް މިފޭޝަލްހަދާއިރު ޔޯގަޓްގެ ތެރެއަށް ¼ އޮރެންޖުގެ ޖޫސްކޮޅެއް، 1 ސަމުސާ އެލޯވީރާ އަޅާ މޫނުގައި ކާއްތާލުމަށްފަހު 10 މިނެޓުކޮށްފައި ދޮވެލާށެވެ.