ކާނާ

ރެސިޕީ : ފްލެޓް ބްރެޑް


ފްލެޓް ބްރެޑަކީ ރޮށީގެ ބަދަލުގައި ތައްޔާރުކޮށްލަން މީރު އެއްޗެކެވެ.

ބޭނުންވާނެ ތަކެތި :

1 ½ ޖޯޑު ތާފަނާ ފެން
½ ސައިސަމުސާ ޑްރައި ޔީސްޓް
4 ޖޯޑު ގޮދަން ފުށް
½ ސައިސަމުސާ ލޮނު
2 ސަމުސާ ތެޔޮ

ތައްޔާރުކުރާނެ ގޮތް :

ފުރަތަމަ ބޯތައްޓަކަށް ފެން އަޅާފައި އޭގެތެރެއަށް ޔީސްޓް އެޅުމަށްފަހު އެއްކޮށްލާފަ 15 ވަރަކަށް މިނެޓު ބަހައްޓާލާށެވެ. ދެން މީގެތެރެއަށް ދެ ޖޯޑު ފުށްއަޅާ މަޑުމަޑުން އެއްކޮށްލާށެވެ. ދެމިނެޓެއްހާއިރު ފުށްގަނޑު މޮޑުލުމަށްފަހު، ފުށްގަނޑު ވަށްކޮށް ގުޅަވަށާލުމަށްފަހު އޭގެމަތީގައި ރީތި ފޮތިކޮޅެއް އަޅާ 1 ގަޑިއިރެއްހާއިރު ބަހައްޓާލާށެވެ. އެއްގަޑި އިރުވުމުން މޭޒުމަތި ސާފުކޮށްލާފައި ބޯތަށީގައި އެއްކުރި ފުއްގަނޑު މޭޒުމައްޗަށް ބަދަލުކޮށްލާށެވެ. އަދި ލޮނާއި، ތެޔޮކޮޅާއި، ބާކީ ހުރި 2 ޖޯޑު ފުށް، ½ ޖޯޑު ½ ޖޯޑު ބަހާލާފައި މަޑުމަޑުން އެއްކުރަމުންދާށެވެ. މުޅި ފުއްގަނޑު މޮޑެލެވުމުން ތިން ބަޔަށް ފުށްގަނޑު ބަހާލާ، ވަކިވަކި ގުޅަ ވަށާލާފައި ވަކި ތިން ބޯތަޓަށް ބަހާލައިފައި ބޯތަށިތަކެއްގެ ތެރެއަށްލުމަށްފަހު ޓިޝޫ ޕޭޕަރއަޅާފައި ބައިގަޑި އިރު ބަހައްޓާލާށެވެ. ބައިގަޑިއިރު ވުމުން ފުށްގަނޑު އެހާތުނި ނުވާވަރަށް ދަމާލާށެވެ. އެއަށްފަހު އަވަން 200 ޑިގްރީއަށްލާ، ޓްރޭއެއްގައި ތެޔޮ ކޮޅެއް އުގުޅާލުމަށްފަހު އޭގެ މައްޗަށް ދެމި ފުށްތައް އަޅާފައި 10 މިނެޓު ފިހެލާށެވެ.