ކާނާ

ރެސިޕީ: ސަންޝައިން ޔޯގަޓް ސްމޫތީ


ސްމޫތީއަކީ ސިއްޙަތަށް ވަރަށް ފައިދާހުރިގޮތަކަށް ތައްޔާރުކުރެވިދާނެ އެއްޗެކެވެ. ސަންޝައިން ޔޯގަޓް ސްމޫތީއަކީވެސް އެގޮތަށް ތައްޔާރުކޮށްލެވިދާނެ އެއްޗެކެވެ.

ބޭނުންވާނެ ތަކެތި:
އަނބު (ތޮށީމަށައި ކޮށައި ގަނޑުކޮށްފައި)
ދޮންކެޔޮ (ކޮށައި ގަނޑުކޮށްފައި)
އަލަނާސި (ކުދިކޮށްކޮށައި ގަނޑުކޮށްފައި)
1 ޖޯޑު ޕްލެއިން ޔޯގަޓް
1 ޖޯޑު އައިސް ކިއުބް (ހިމުންކޮށްފައި)
2 ސަމުސާ މާމުއި

ތައްޔާރުކުރާނެ ގޮތް :
ބްލެންޑަރއެއްގައި އަނބު، ދޮންކެޔޮ، އަލަނާސި އަދި ޔޯގަޓްއަޅާ މިކްސްކޮށްލާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް މިކްސްވުމުން ހިމުންކޮށްފަހުރި އައިސްކިއުބްތައް އަޅައި މިކްސްކޮށްލާށެވެ. ސަންޝައިން ޔޯގަޓް ސްމޫތީ މިހިރީ ތައްޔާރުވެފައެވެ.