ކާނާ

ރެސިޕީ: ޗިކަން ސެލަޑް ވެރޯނީކް


މިއީ ސައިޑް ޑިޝްއެއްގެ ގޮތުގައި ނުވަތަ ހަމަ ހުހާވެސް ކާލަން ވަރަށް މީރު ސެލެޑެކެވެ.

ބޭނުންވާނެ ތަކެތި :

2 ޗިކަން ބްރެސްޓް ހާފް
ޒައިތޫނި ތެޔޮ
ލޮނު، އަސޭމިރުސް
½ ޖޯޑު މެޔޮނައިޒް
1 ޖޯޑު ސެލަރީ ސްޓޯކް
1 ޖޯޑު ފެހި މޭބިސްކަދުރު ( ކުދިކޮށްކޮށާފަ )

ތައްޔާރުކުރާނެ ގޮތް :

ފުރަތަމަ އަވަން 200 ޑިގްރީއަށް ޖައްސާފައި އަވަން ހޫނުކުރަން ޖައްސާށެވެ.
ޗިކަން ބްރެސްޓްތައް އަވަން ޓްރޭ މައްޗަށްލުމަށްފަހު އޭގެ ދެފުށުގައި ޒައިތޫނި ތެޔޮ، ލޮނު އަދި އަސޭމިރުސް ކާއްތާލުމަށްފަހު އަވަނަށްލާ 30-40 މިނެޓާ ދެމެދު ފިހެލާށެވެ. ކުކުޅު ފިހެނިމުމުން ހިހޫވީމަ މަސްތައް ވަކިކޮށްލާ ކުދިކުދިކޮށް ކޮށާލާށެވެ.
ދެން ބޯތައްޓަކަށް ކުކުޅުތައް އަޅާފައި، މެޔޮނައިޒް، ސެލެރީ، މޭބިސްކަދުރު، ލޮނު އަސޭމިރުސްއަޅައިގެން މޮޑެލާށެވެ. މިހުރީ ސެލެޑް ނިމިފައެވެ. ރޯދަވީއްލާގަޑި ނުވަތަ ހާރުދަމުގައިވެސް މިއީ ކާލަން މީރު ސެލެޑެކެވެ.