ކާނާ

ރެސިޕީ: ކޯންޑް ބީފް ހޭޝް


މިއީ ރަހަތަފާތުކޮށްލުމަށް ވަރަށް ރަގަނޅު ޑިޝެއް. އަދި ބަނަސް ނުވަތަ ޕާންކޮޅަކާއެކު ކާލަން ވެސް ވަރަށް މީރު އެއްޗެއް !

ބޭނުންވާނެ ތަކެތި :

3 ޕައުންޑް ބީފް ( ކުދިކޮށްކޮށާ، ފެނުކައްކާފަ )
3 ޖޯޑު އަލުވި ( ތޮށިމަށައި، ކުދިކޮށްކޮށާ ފެނުކައްކާފަ )
1 ފިޔާ ( ކުދިކޮށްކޮށާފަ )
½ ސަމުސާ ލޮނު
1 ސަމުސާ އަސޭމިރުސް
4 ބިސް
½ ޖޯޑު ޗެޑާ ޗީޒް ( ގާނާފަ )

ތައްޔާރުކުރާނެ ގޮތް :

ފުރަތަމަ އަވަން 200ޑިގްރީ އަށް ޖެއްސުމަށްފަހު އަވަން ހޫނުކޮށްލަން ޖައްސާށެވެ.
ދެން ބޯތައްޓެއްގައި ބީފް، އަލުވި، ފިޔާ، ލޮނު، އަސޭމިރުސް ރަގަޅަށް އެއްކޮށްލާށެވެ. ދެން ބޭކިން ޓްރޭއެއްގައި ބަޓަރ ކޮޅެއް އުގުޅާލާށެވެ. އެއަށްފަހު ޓްރޭއަށް ބޯތަށީގައި އެއްކުރި އެއްޗެހި އަޅާލާށެވެ. ކޮންމެސްވަރަކަށް ޓްރޭއަށްއެޅި އެއްޗެހި އެއްވަރުކޮށްލާފަ، އޭގެ މަތީގައި ސަމުސަލަކުން ހަތަރު ވަޅު އަޅާލުމަށްފަހު ކޮންމެ ވަޅުގަނޑެއްގެ ތެރެއަށް ބިހެއް ތަޅާލާފައި އަޅާށެވެ. ދެން މީގެ މައްޗަށް ގާނާފައިވާ ޗީޒްތައް ފަތުރާލާފައި 30 މިނެޓުވަންދެން އަވަނުގައި ފިހެލާށެވެ. އޭރުން ހުންނާނީ ޑިޝްތައްޔާރުވެފައެވެ.