މިއީ ބިޒީ އަދި ވަރުބަލި ދުވަހެއްގައި ރޯދަވީއްލަން ތައްޔާރުކޮށްލަން މީރު އެހާމެ ފަސޭހަ އެއްޗެކެވެ.
ބޭނުންވާނެ ތަކެތި:
2 ބެލް ޕެޕަރ (ދެފަޅިކޮށް، އޮއްތައް ނަގާފައި)
8 ބިސް (މިކްސްކޮށްފައި)
¼ ޖޯޑު ކިރު
1 ޖޯޑު ދަޅުމަސް
1 ޖޯޑު ޗެޑަރ ޗީޒް (ގާނާފައި)
ލޮނު، އަސޭމިރުސް
ތައްޔާރުކުރާނެ ގޮތް:
އެންމެފުރަތަމަ އަވަން 200 ޑިގްރީއަށް ލުމަށްފަހު ބޭކިން ޓްރޭއެއްގެ މަތީގައި ދެފަޅިކޮށްފައިހުރި ބެލް ޕެޕާތައް އަތުރާފައި އަވަނަށްލައި 5 މިނެޓު ފިހެލާށެވެ.
ފިހެވެންވާއިރަށް ބޯތައްޓެއްގައި ބިސް، ކިރު، ދަޅު މަސް، ޗީޒް، ލޮނު އަދި އަސޭމިރުސް އެއްކޮށްލާށެވެ. ދެން ކުރިން ފިހުނު ޕެޕާތައް ކޮންމެ ޕެޕާއެއްގެ ތެރެއަށް އެއްކުރި މަސްގަނޑުން އެތިކޮޅެއް އަޅާފައި ޓްރޭ މަތީ އަތުރާލުމަށްފަހު އަނެއްކާވެސް އަވަނަށްލައި 30-45 މިނެޓާ ދެމެދު ފިހެލާށެވެ.