ކާނާ

ރެސިޕީ: ޗީޒީ ބަން ކެސަރޯލް


މިއީ ސުފުރާމަތި ތަފާތުކޮށްލުމަށް ތައްޔާރުކޮށްލަން ރަނގަޅު އެއްޗެކެވެ. ރަހަމީރުވެފައި ތައްޔާރުކޮށްލަން ފަސޭހަވެސް ވާނެއެވެ.

ބޭނުންވާ ތަކެތި:
6 ބަނަސް (ދެފަޅިކޮށްފައި)
ސޮސެޖު (ކުދިކޮށްކޮށާފައި)
8 ބިސް
3 ޖޯޑު ކިރު
1 ޖޯޑު ހެވީ ކްރީމް
ލޮނު، އަސޭމިރުސް، ތެޅިމިރުސް
1 ޖޯޑު މޮޒެރެއްލާ ޗީޒް
1 ޖޯޑު ޗެޑަރ ޗީޒް
ބަޓަރ

ތައްޔާރުކުރާނެ ގޮތް :
ފުރަތަމަ އަވަން 200 ޑިގްރީއަށް ހޫނުކޮށްލާށެވެ. ދެން ގިނި މަޑުކޮށްލުމަށްފަހު އަވަން ޓްރޭގެ މަތީގައި ދެފަޅިކޮށްފައިހުރި ބަނަސްތައް އަތުރާލާފައި އަވަނަށްލައި 5 މިނެޓެއްހާއިރު ފިހެލާށެވެ.
ދެން ކުޑަ ތެއްޔެއްގައި ސޮސެޖުކޮޅު މަޑުގިނީގައި 5 މިނެޓު ފްރައިކޮށްލާށެވެ.
ބޯތައްޓެއްގައި ބިސް، ކިރު، ހެވީ ކްރީމް، ލޮނު، އަސޭމިރުސް، ތެޅިމިރުސް، ދެވައްތަރު ޗީޒް އެއްކޮށްލާށެވެ.

ދެން ބޭކިން ޓްރޭއެއްގައި ބަޓަރު ހާކާލުމަށްފަހު ކުރިން ފިހުނު ބަނަސްތައް އަތުރާށެވެ. އަދި އޭގެ މައްޗަށް ސޮސެޖުތައް އަޅައި އަތުރާލާށެވެ. މިއަށްފަހު ބޯތަށީގައި އެއްކުރި ތަކެތި ޓްރޭގައި އަތުރާފައިހުރި ބަނަހާއި ސޮސެޖުގެ މައްޗަށް އަޅާލާށެވެ. ދެން ބަނަސްތައް ފޯވަންދެން ޓްރޭ ފްރިޖުގައި ބަހައްޓާށެވެ. ދެން އަވަން 200 ޑިގްރީއަށް ޖައްސާފައި 30 އަކަށް މިނެޓް ވަންދެން ފިހެލާށެވެ.