ކާނާ

ރެސިޕީ: ޝްރިންމްޕް ފްރައިޑް ރައިސް


ހާރުކާގަޑީގައި ރަހަތަފާތުކޮށްލުމަށް މިއީ ތައްޔާރުކޮށްލަން މިއީ ރަނގަޅު ރަހަމީރު ޑިޝްއެކެވެ.

ތައްޔާރު ކުރުމަށް ބޭނުންވާނެ ތަކެތި :

1 ސަމުސާ ތެޔޮ
2 ލޮނުމެދު ( ކުދިކުދިކޮށްކޮށާފަ )
2 ކެރެޓު ( ކުދިކުދިކޮށްކޮށާފަ )
1 ފިޔާ ( ކުދިކޮށްކޮށާފަ )
1 ގިތެޔޮމިރުސް ( ކުދިކޮށްކޮށާފަ )
1 ފެހި ބެލްޕެޕަރ ( ކުދިކުދިކޮށްކޮށާފަ )
3 ޖޯޑު ޝްރިންމްޕް
3 ޖޯޑު ކައްކާފައިހުރި ބަތް ( ބަތް ކައްކާފައި ހުންނަންވާނީ ފުއްތައް ވަކިވަކިވެފައި ހުންނަ ގޮތަށް )
1 ޖޯޑު ފެހި އޮށް ( ގަނޑުކޮށްފައި ހުންނަ ވައްތަރު ގަނޑުފިލުވާފައި )
2 ސަމުސާ ސޯޔާ ސޯސް
1 ބިސް ( މިކްސްކޮށްފަ )

ތައްޔާރުކުރާނެ ގޮތް :

މަޑުގިނީގައި ކުޑަ ތެއްޔެއްގައި ތެޔޮކޮޅު ހޫނުކޮށްލުމަށްފަހު އޭގެތެރެއަށް ލޮނުމެދާއި، ފިޔާ އަދި މިރުސް އަޅާ މީރުކޮށްލާށެވެ. ދެން އޭގެތެރެއަށް ކެރެޓާއި، ބެލްޕެޕާ އަޅާ ހުރިހާއެއްޗެއް މަޑުވަންދެން މީރުކޮށްލާށެވެ. ދެން މިހުރިހާ އެއްޗެއްގެ ތެރެއަށް ޝްރިންމްޕްކޮޅު އަޅާލާ ރޯފޮލަންދެން ކައްކާލާށެވެ. ޝްރިންމްޕަކީ ވަރަށް އަވަހަށް ރޯފިލާއެއްޗެކެވެ. މިއަށްފަހު މިތަކެތީގެ ތެރެއަށް ކައްކާފައިހުރި ބަތް، ފެހި އޮށް، ސޯޔާ ސޯސް އަޅާ 2 މިނެޓު މިކްސްކުރަމުން ކައްކާލާށެވެ. ދެން ބަތްތައް އެއްފަރާތްކޮށްފަ، ތެލީގެ އަރިމައްޗަށް ބިސް އަޅާފައި ބިސްކޮޅު މިކްސްކުރަމުން ރޯފިލުވާލާށެވެ. ހުރިހާ އެއްޗެއް އެކޮށްލުމުން މިހުރީ ބަތްގަނޑު ތައްޔާރުވެފައެވެ.