ކާނާ

ރެސިޕީ: ވަން ޕޭން ޕާސްތާ


މިއީ ރޯދަ ވީއްލާ ގަޑި ނުވަތަ ހާރުދަމަށްވެސް ތައްޔާރުކޮށްލަން ފަސޭހަ މީރު ޕާސްތާއެއް.
ބޭނުންވާނެ ތަކެތި :

ބޭނުންވައްތަރެއްގެ ޕާސްތާ
12 ޗެރީ ޓޯމާޓޯޒް ( ކުދިކޮށް ދެފަޅިކޮށްފަ )
3 ބޮޑު ޓޯމާޓޯ ކުދިކޮށްކޮށާފަ
1 ފިޔާ ( ކުދިކުދިކޮށް ކޮށާފަ )
4 ލޮނުމެދު ( ތުނިކޮށްކޮށާފަ )
½ ސަމުސާ މުގުރި ހިކިމިރުސް
2 ސަމުސާ ޒައިތޫނި ތެޔޮ
ލޮނު، އަސޭމިރުސް
4 ½ ފެން
1 ޖޯޑު ކިރު
2 ޖޯޑު ޗީޒް ( ގާނާފައި )


ތައްޔާރުކުރާނެ ގޮތް :

ބޮޑު ތެއްޔަކަށް ފެން އެޅުމަށްފަހު އޭގެތެރެއަށް ޕާސްތާ، ޗެރީ ޓޮމާޓޯ، އާދައިގެ ޓޮމާޓޯ، ފިޔާ، ލޮނުމެދު، މުގުރި ހިކިމިރުސް، ތެޔޮ، ލޮނު، އަސޭމިރުސް އަޅާ ގަދަގިނީގައި ކައްކާށެވެ. މިތަކެތި ކައްކަމުންދާއިރު އުދުޅިން އިރުކޮޅުކޮޅާ ހުރިއާ އެއްޗެއް މިކްސްކުރަމުންދާށެވެ. ދެން ތެލީގައި ހުރި ތަކެތީގެ ތެރެއަށް 1 ޖޯޑު ކިރާއި، ގާނާފައިހުރި ޗީޒް އެޅުމަށްފަހު މަތިޖަހާލާ ފަސްމިނެޓު މަޑުގިނީގައި ކައްކާލާށެވެ. އެއަށްފަހު އިންސާފު ކޮށްލާށެވެ.