ކާނާ

ރެސިޕީ: ކްރިސްޕީ ކޯން އެންޑް ޗީޒް ބޯލްސް


މިއީ މަސް ނާޅައި ހަމައެކަނި ޒުވާރިއާއި ޗީޒް އަޅައިގެން ތައްޔާރުކުރާ މީރު އެއްޗެކެވެ. ރޯދަވީއްލާވަގުތު ކާލަން މިއީ ވަރަށް ރަނގަޅު އެއްޗެކެވެ.

ބޭނުންވާ ތަކެތި:
1 ޖޯޑު ސުވީޓް ކޯން (ދަޅުގައި ބަންދުކޮށްފައި ހުންނަ ވައްތަރު)
1 ½ ޕާން ފޮތި
1 ތޮޅި މިރުސް (ކުދިކޮށް ކޮށާފަ)
ކުދިކޮށް ކޮށާފައިވާ ކޮރިއަންޑާ ފަތްކޮޅެއް (ރަހަލައްވަން ބޭނުންވާ ވަރަށް)
ލޮނު (ރަހަލާވަރަށް)
ތެޅިމިރުސް (ރަހަލާވަރަށް)
1 ޖޯޑު ޗެޑަރ ޗީޒް (ގާނާފައި)
¼ ޖޯޑު ފުށް
ބޭނުންވާވަރަށް ފާރޮށި ކުނޑި

ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ޒުވާރި ކޮޅާއި ފިޔާ، ކޮރިއަންޑާ، ޕާން ފޮތި، ލޮނު، އަސޭމިރުސް، ތެޅިމިރުސްކޮޅު ބޯތައްޓެއްގައި މޮޑެލާށެވެ. ދެން އެއްކޖުރި އެއްޗެހީގެ ތެރެއަށް ޗީޒްކޮޅު އަޅާ އެއްކޮށްލާށެވެ. ދެން ކުދި ގުޅަތަކެއް ވަށާލާށެވެ.

ދެން ވަކިން ބޯތައްޓެއްގައި ¼ ޖޯޑު ފުށް، ކުޑަ ލޮނުކޮޅަކާއި ތެޅިމިރުސްކޮޅަކާއި ފެންފޮދެއްއަޅައި އޮލަވަންދެން އެއްކޮށްލާށެވެ. ކުރިން ތައްޔާރުކުރި ގުޅަތައް ފަހުން އެއްކުރި ފުށުގެތެރެއަށްލާށެވެ. ދެން ގުޅަތަކުގައި ފާރޮށި ކުނޑި އުނގުޅާށެވެ. ހުރިހާ ގުޅައެއްމިހެން ތައްޔާރުކުރުމަށްފަހު ފްރިޖަށްލައި 1 ގަޑިއިރު ވަންދެން ގަނޑުކޮށްލާށެވެ. އެއަށްފަހު ތާހެއްގައި ތެޔޮ ހޫނުކޮށް އެގުޅަތައް ތެލުލާށެވެ.

ތެލުލައި ނިމުމުން އެހެރީ "ކްރިސްޕީ ކޯން އެންޑް ޗީޒް ބޯލްސް" ތައްޔާރުކުރެވިފައެވެ.