ކާނާ

ރެސިޕީ: ސްޓްރޯބެރީ ޝޯޓްކޭކް ލަޒާނިޔާ


މިއީ ސްޓްރޯބެރީ މީރު މީހުންނަށް ޚާއްސަ ތަފާތު މީރު ޑެޒާޓެކެވެ. ތައްޔާރުކޮށްލަންވެސް އެހާމެ ފަސޭހަ އެއްޗެކެވެ.

ބޭނުންވާނެ ތަކެތި:
4 ޖޯޑު ހެވީ ކްރީމް
½ ޖޯޑު ޕައުޑާޑް ޝުގަރ (ހިމުންކޮށްފައި ހުރި ހަކުރު)
1 ސައިސަމުސާ ވެނީލާ އެސެންސް
1 ½ ވޭފާ (ކޮންމެ ކަހަލަ ވޭފާއެއްވެސް ބޭނުންކުރެވިދާނެ)
1 ޖޯޑު ސްޓްރޯބެރީ (ކުދިކޮށް ފޮތިކޮށްކޮށާފައި)

ތައްޔާރުކުރާނެ ގޮތް:
ހޭންޑް މިކްސަރއެއް ބޭނުންކޮށްގެން ހެވީ ކްރީމް، ޕައުޑާޑް ޝުގަރ އަދި ވެނީލާ އެސެންސް މިކްސްކުރާށެވެ. މިތަކެތި މިކްސްކުރާނީ ކްރީމްގަޑު މެދުމިނަކަށް އޮލަވެލަންދެނެވެ.
ވަކިން ޓްރޭއެއްގައި މިކްސްކުރި ކްރީމްގެ ލޭޔަރއެއް އަދި ވޭފާ ލޭޔަރއެއް އަޅާށެވެ. ބޭނުމިއްޔާ 2 ތިން ފަހަރު ލޭޔަރވެސް ކުރެވިދާނެއެވެ.

އެންމެފަހު ލޭޔަރއަކަށް ކްރީމް އަޅާ އޮމާންކޮށްލުމަށްފަހު އޭގެ މަތީގައި ކޮށި ސްޓްރޯބެރީތައް އަޅައި ފަތުރާލާށެވެ. މިހިރީ މީތީ ތައްޔާރުވެފައެވެ. މީޑެޒާޓަކީ ފިނިކޮށްލައިގެން ކާލަން މީރު އެއްޗެކެވެ.