ކާނާ

ރެސިޕީ: އީޒީ ގްރީކް ޗިޕްސް އޮމްލެޓް

މިއީ ގިނަ ބައެއްގެ ފޭވަރިޓް 2 އެއްޗެއް އެއްކޮގެން ތައްޔާރުކުރަން ފަސޭހަ ޑިޝެކެވެ.

ބޭނުންވާނެ ތަކެތި:

ފްރެންޗް ފްރައިޒް ( ތެއްލުލާފައި ބޭނުމިއްޔާ އަލުވިންވެސް ފްރައިޒަ ތައްޔާރުކުރެވިދާނެ )
4 ބިސް ( ފިޔާ، މިރުސް ކުދިކޮށްކޮށާ، ބިހާއެކު މިކްސްކޮށްލާފަ )
1 ސަމުސާ ބަޓަރު
ރަހަލާވަރަށް ލޮނު އަދި އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް :

ތާހެއްގައި ބަޓަރކޮޅު މެލްޓްކޮށްލުމަށްފަހު އޭގެ ތެރެއަށް ތެއްލާފައިހުރި ފްރައިޒްކޮޅު އަޅާލާށެވެ. ދެން ކުރިން މިކްސްކޮށްފައިވާ ބިސްކޮޅުގެ ތެރެއަށް ރަހަލާވަރަށް ލޮނު އަދި އަސޭމިރުސް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ބަޓަރު އަދި ފްރައިޒް އެޅި ތާހުގެ ތެރެއަށް ބިސްތައް އަޅާލާ ތާހުގެ މަތި ޖަހާލާށެވެ. މަޑުގިނީގައި 4 މިނެޓު ބެހެއްޓެމުން އެހުރީ ބިސްގަޑު ތައްޔާރުވެފައެވެ.