ކާނާ

ރެސިޕީ: ލެބަނީޒް ރޯސް ޑްރިންކް


މިއީ ފަސޭހަކަމާއެކު ތައްޔާރުކޮށްލެވޭ، އަދި އެހާމެ ހިތްގައިމު ބުއިމެކެވެ. ރޯދަ ވިއްލާ ގަޑިއަށް ނުވަތަ ހާރުދަމަށްވެސް މިބުއިން ކަމުދާނެއެވެ.
ތައްޔާރުކުރަން ބޭނުންވަނެ ތަކެތި :

1 ޖޯޑު މާމުއި
1 ޖޯޑު ފެން
1 ލުނބޯގެ ހުތް
½ ޖޯޑު ރޯޒް ވޯޓަރ
ކާކުލައިގެ ކުޑަ ރަތްކުލަ ކޮޅެއް

ތައްޔާރުކުރާނެ ގޮތް :

ތެއްޔަކަށް ފެންއަޅާލުމަށްފަހު މަޑުގިނީގައި މާމުޔާއެކު ހޫނުކޮށްލާށެވެ. ދެން ހޫނުކުރި އެތީގެ ތެރެއަށް ލުނބޯ ހުތް އަޅާލާށެވެ. މިއަށްފަހު ދިހަ ވަރަކަށް މިނެޓު ހޫނުކޮށްލުމަށްފަހު ރަތް ކުލަ އަޅާލާ އެއްކޮށްލާށެވެ. ދެން މީގެތެރެއަށް ރޯޒް ވޯޓަރ އެއްކޮށްލާ ތިން މިނެޓު ކައްކާލާށެވެ. އޭރުން އެހުރީ ލެބަނީޒް ރޯސް ޑްރިންކް ތައްޔާރުވެފައެވެ. ފިނި ކޮށްލުމަށްފަހު ރޯދަ ނުވަތަ ހާރުދަމު ބޭނުންކުރެވިދާނެއެވެ.