ކާނާ

ރެސިޕީ: ބަނާނާ ޑޭޓް ސުމޫތީ


ތައްޔާރުކުރަން ބޭނުންވާނެ ތަކެތި :

2 ވަށް ދޮންކެޔޮ
¼ ޖޯޑު ކަދުރު ( އޮތް ނަގާފަ )
2 ޖޯޑު އާމަންޑު މިލްކް
2 ސައިސަމުސާ ޗިއާ ސީޑް ( ފެނަށްލާ ފޯކޮށްފައި )
½ ސައިސަމުސާ މުގުރި ކާފުރުފޮޅި
½ ލުނބޯ ( ޖޫސް )
4 އައިސް ކިއުބް
މުގުރި ފޮނިތޮށި ( ދެއިގިލިން ނަގާލެވޭ ވަރު އެތިކޮޅެއް )
ލޮނުކޮޅެއް ( ދެއިގިލިން ނަގާލެވޭ ވަރު އެތިކޮޅެއް )

ތައްޔާރުކުރާނެ ގޮތް :

ދޮންކެޔޮ، ކަދުރު، އާމަންޑު މިލްކް، ޗިއާ ސީޑް، މުގުރި ކާފުރު ތޮޅި، ލުނބޯ ޖޫސް، 4 އައިސް ކިއުބް، މުގުރި ފޮނިތޮށި އަދި ލޮނުކޮޅު ބްލެންޑަރއަކަށްއަޅާ 1 މިނެޓު ވަންދެން މިކްސްކޮށްލާށެވެ. ދެން މިހިރީ ދެމީހަކަށް ބޮވޭވަރަށް ބަނާނާ ޑޭޓް ސުމޫތީ ހެދިފައެވެ. މިއީ ފިނިކޮށްލައިގެން ވެސް ބުއިމަށް ކަމުދާ ބުއިމެކެވެ.

ސަރޫ

"ޗިއާ ސީޑް" އަކީ ކޯއްޗެއްތަ؟