ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވޭހޭނެ - މެޓް


ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރާވޭހޭނެކަމަށް ލަފާކުރވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ. ޚާއްސަކޮށް އުތުރާއި މެދުރާއްޖޭގެ ރަށްތަކަށް ބޮކޮށް ވާރޭވެހޭނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ލާފާކޮށްފައިވާގޮތުން، ހުޅަނގު ދެކުނާއި ހުޅަނގުން، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށްގަޑިއަކު 15 މޭލާއި 25 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 7 މޭލާއި 17 މޭލާދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.
ރާއްޖޭގެ އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭއިރު، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭއިރު، މޫސުމާބެހޭ އިދާރާއިން ވަނީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއްދިނުމަށްވެސް އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުން ދިޔަވަރު އެންމެ ބޮޑުވާ ވަގުތު ތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީވެސް އެކަށާއިގެންވާކަމެއްކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދިޔަވަރު އެންމެ ބޮޑުވާނެކަމަށް ލާފާކުރެވޭ ގަޑިތަކަކީ:
އުތުރު ސަރަޙައްދަށް މިރޭ 20:43
މެދުތެރެ ސަރަޙައްދަށް މިރޭ 22:10
ދެކުނު ސަރަޙައްދަށް މިރޭ 23:16

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގުމޫސުމުގެ ވިއްސާރަކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.