ޚަބަރު

އިޙްޔާ މިރޭ ފޯރަމްގައި "ސިހުރު ހާހޫރަ '' މިމައުޞޫއު


ރޯމަޞާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ބާއްވާ ފޯރަމްގެ 3 ވަނަ މިރޭ އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އިޙްޔާ ފޯރަމްގައި މިރޭ ވާހަކަ ދައްކާނީ "ސިހުރު ހާހޫރަ '' މިމައުޞޫއަށް ކަމަށެވެ.
މިރޭގެ ފޯރަމްގައި މައުލޫމާތުދެއްވާނީ އައްޝައިޚް ޙަސަން ތައުފީޤް އަދި އައްޝައިޙް މޫސާ އަންވަރު ހުސެއިންނެވެ. އަދި ޑިސްކަޝަންގެ ބައިގައި އަލްޤާރީ މުޙައްމަދު އަސްލަމް ބައިވެރިވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ފޯރަމް އޮންނާނީ އިސްލާމީ މަރުކަޒުގައި މިރޭ 9:30ގައެވެ.
އިޙްޔާ ފޯރަމް ބާއްވަނީ ކޮންމެ ހަފްތާއެއްގެ ހޯމަ ވިލޭރެއާ ހުކުރު ވިލޭރޭގައެވެ.