ކާނާ

ރެސިޕީ: ޗީޒީ ޓޫނާ މެލްޓް ބަން


މީއީ ރޯދަ ވަރުބަލިދުވަހެއްގައި ތައްޔާރުކޮށްލަން ވަރަށް ފަސޭހަ ލުއި ކާއެއްޗެކެވެ. މި ޑިޝް ތައްޔާރުކުރަން މާބައިވަރު އެއްޗެއްވެސް ބޭނުމެއް ނުވާނެއެވެ.

ބޭނުންވާނެ ތަކެތި:
1 މަސް ދަޅު
1/3 ޖޯޑު ސެލެރީ (ކޮށާފައި)
2 މޭޒުމަތީ ސަމްސާ މަޔޮނައިޒް
4 ކުދި ބަނަސް
ތުނިކޮށް ފޮތިފޮއްޗަށް ކޮށާފައިވާ ޓޮމާޓޯ (4 ފޮތި)
8 ޗީޒް ސްލައިޒް (ފިނި ކަނޑުވާފައި)
2 ސަމްސާ ބަޓަރު

ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ 150 ޑިގްރީއަށް މައިކްރޯވޭވް އަވަން ހޫނުކޮށްލުމަށްފަހު ، 2 މިނެޓެއްހައިއިރު ބަހައްޓާށެވެ. ދެން ބަނަސްތައް ދެފަޅިކޮށްފައި، އެތެރެފުށުގައި ބަޓަރު ކޮޅެއް ހާކާލުމަށްފަހު، ބަޓަރު ހޭކިފަޅި މައްޗަށްވާގޮތައް އަވަނުގެ ޓްރޭގައި އަތުރާފައި އަވަނަށް ލައި ދެތިން މިނެޓު ފިހެލާށެވެ.

ދެން ބޯތައްޓެއްގައި މަސްކޮޅާއި ސެލެރީ، މެޔޮނައިޒް އަދި ލޮނުކޮޅު ރަގަޅަށް މޮޑެލާށެވެ. ދެން ބަނަހުގެ ތެރެއަށް، މޮޑުނު މަސްގަނޑު އަޅާފައި، ޓޮމާޓޯ ފޮއްޗަކައި ދެފޮތި ޗީޒް ލުމަށްފަހު އަވަނުގައި 5 މިނެޓުވަންދެން ފިހެލާށެވެ.