ކާނާ

ރެސިޕީ: ތަލަސެރީ ފިޝް ކަރީ


މިއީ ބަތް ނުވަތަ ރޮއްޓާއެކުވެސް ކާލަން ވަރަށް މީރު ރިހައެކެވެ. ރޯދަމަހު ރަހަތަފާތުކޮށްލަން މިޑިޝް ރަގަނޅުވާނެއެވެ.
ބޭނުންވާނެ ތަކެތި

½ ކިލޯގްރާމް މަސް
2 ހުތް އަނބު (ކުދިކޮށް ކޮށާފާ)
ކުދިކޮށްކޮށާފައި ހުރި ޓޮމާޓޯ
ރީނދޫ
ދިރި
ތެޅި މިރުސް
މަސް ހަވާދު
ގާރލިކް-ޖިންޖަރ ޕޭސްޓް
ހިކަނދިފަތް
ލޮނު
ކާށި ހުނި
ކާށި ކިރު (1 ޖޯޑު)
ކޮކޮނަޓް އޮއިލް

ތައްޔާރުކުރާނެ ގޮތް
ކޮށާފައިވާ މަސްކޮޅުގައި ލޮނުލާ މިކްސްކޮށްފައި ބަހައްޓާށެވެ. މިރިހަ ކަށްކަން އެންމެ ރަނގަޅީ ކްލޭ ފޮޓެއްގައެވެ. ނަމަވެސް ކްލޭ ޕޮޓެއް ނެތްނަމަ އާދައިގެ ތެއްޔެއްގައިވެސް މި ރިހަ ކެއްކިދާނެއެވެ. ފުރަތަމަ ކޮށާފައިހުރި ޓޮމާޓޯ، އަނބު، ½ މ.ސ. ރީނދޫ، ½ މ.ސ. ތެޅި މިރުސް، 1 މ.ސ. ޖިންޖަރ-ގާރލިކް ޕޭސްޓް، ހިކަނދިފަތް އަދި ލޮނުކޮޅެއް އަޅާ މީރުކޮށްލާށެވެ.

މިތަކެތި މީރުކުރަމުންދާއިރު މިކްސަރެއްގައި ކާށި، ½ މ.ސ. ރީނދޫ، ¼ މ.ސ. ދިރި އަދި ½ މ.ސ. ތެޅި މިރުސް އަދި 4 މ.ސ. މަސް ހަވާދު މިކްސްކޮށްލާށެވެ.

މިކްސަރުން އެއްކުރި އެއްޗެހި ކުރިން މީރުކުރަންފެށި އެއްޗިއްސާއެކޮށްލާށެވެ. އަދި އޭގެ ތެރެއަށް މަސްކޮޅުއަޅާ ރޯފިލަންދެން ކެއްކުމަށްފަހު ކާށި ކިރުއަޅައި، 15 މިނެޓް ވަންދެން މަތިޖަހައިގެން މަޑުގިނީގައި ކައްކާލާށެވެ.

މާދަރީ ބަސް

ކާށި ހުނި، ކާށި ކިރުގެ ފަހަށް "ކޮކޮނަޓް އޮއިލް"؟! ކާށި ތެޔޮ ލިޔަން ހަމަ ނޭނގުނީބާ؟!