ކާނާ

ރެސިޕީ: ޑެތް ބައި ޗޮކޮލެޓް ލަޒާނިއާ


މިއީ ޗޮކޮލެޓް މީރު މީހުންނަށް ވަރަށް ކަމުދާނެ ޑެޒާޓެކެވެ. ޚާއްސަކޮށް ރޯދަމަހު މީރު ފޮނިއެއްޗެތި ހެދުމަށް ފޯރި ހުންނަ މީހުންނަށް ވަރަށް ކަމުދާނެ ޑެޒާޓެކެވެ.

ބޭނުންވާނެ ތަކެތި:
3 ¾ ޖޯޑު ކޯލްޑް ކްރީމް / ދެބައިކޮށްފައި
½ ޖޯޑު ޕައުޑާރޑް ހަކުރު
½ ޖޯޑު ކޮކޯ ޕައުޑަރ
1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
1 ½ ޖޯޑު ސެމީސުއިޓް ޗޮކޮލެޓް ޗިޕްސް
2 ½ ޕެކެޓު އޯރިއޯ ބިސްކޯދު (ކްރީމްކޮޅު ކަހާފައި)

ޗޮކޮލެޓް ވިޕް ތައްޔާރުކުރާނެ ގޮތް:
ކޭކް މިކްސަރއެއްގައި 3 ޖޯޑު ކޯލްޑް ކުރީމް، ޕައުޑަރޑް ހަކުރު، ކޮކޯ ޕައުޑަރ އަދި ވެނީލާ އެސެންސްކޮޅު ވިޕްވަންދެން މިކްސް ކުރާށެވެ. (އާންމުކޮށް ވިޕް ތައްޔާރުކުރެވޭނީ ކްރީމް 10-15 މިނެޓު މިކްސްކުރުމުންނެވެ)
ޗޮކޮލެޓް ގަނާޗޭ ހަދާނެ ގޮތް: ކުޑަ ތެއްޔެއްގައި ¾ ޖޯޑު ކްރީމްކޮޅު ބަބަލްސްއަރަންދެން ހޫނުކޮށްލާށެވެ. އަދި އެއަށްފަހު ބޯތައްޓެއްގެ ތެރެއަށް ޗޮކޮލެޓް ޗިޕްސްކޮޅު އަޅާލުމަށްފަހު އޭގެ މައްޗަށް ހޫނުކުރި ކްރީމްކޮޅުއަޅާލާ 2 މިނެޓު ވަންދެން ބަހައްޓާލުމަށްފަހު ރީއްޗަށް މިކްސްކޮށްލާށެވެ.

ދެން މިއޮތީ ޗޮކޮލެޓް ލަޒާނިއާ ތައްޔާރުކުރަން ހުރިހާއެއްޗެއް ރެޑީވެފައެވެ. 9" ބައި 13" އިންޗީގެ ޓްރޭއެއްގައި ފުރަތަމަ ވިޕް ޗޮކޮލެޓް ލޭޔަރއެއް ފަތުރާލާށެވެ. ދެން އޭގެ މަތީގައި އޯރިއޯތައް އަތުރާލާށެވެ. އަދި އޯރިއޯ ލޭޔަރމައްޗަށް ކުރިން ތައްޔާރުކުރި ގަނާޗޭ މިކްސްކޮޅެއް އަޅާލާ ލޭޔަރކޮށްލާށެވެ. ބޭނުންކުރަން ތައްޔާރުކުރި ހުރިހާ އެއްޗެއް ހުސްވަންދެން ލޭޔަރ ތަކުރާރުކުރާށެވެ. ޗޮކޮލެޓް ލަޒާނިއާ ޓްރޭ ގަޑިއިރު ވަންދެން ފިނިކުރުމުން ދެން ހުންނާނީ ސާރވްކުރަން ރެޑީވެފައެވެ. މިޑެޒާޓާއެކު ވެނީލާ އައިސްކްރީމް ކެއުމުން އިތުރަށް ފުރިހަމަ ވާނެއެވެ.

ސ

ކޮންމެޓުކޮށްފައިވާ މީހުން ވަރަށް ޕާސަނަލް ވާކަންފާހަގަކުރެވޭ!

ގަނާޝް

ލާހައުލަ! ގަނާޗޭ އޭ؟؟؟ ލަދުން ބޯހަލާކު. އަޅެ ސާރާ އިނގިރޭސިވެސް ނޭންގޭ ދޯ؟ ގަނާޝް އޭ އެއީ! ރަނގަޅަށް ބަސްކިޔަން ދަސްކުރަން ވީނުން