ކާނާ

ރެސިޕީ: ޑްރައި ފުރުޓް މިލްކް ޝޭކް


މިއީ ރޯދައަށް ހުރުމަށްފަހު މޭ ހެޔޮކޮށްލައި ބަރުހެލިކަން އިހުސާސްނުވާނެ ހިތްގައިމު ބުއިމެކެވެ.

ތައްޔާރުކުރަން ބޭނުންވާ ތަކެތި
¼ ޖޯޑު އާމަންޑު
¼ ޖޯޑު ފިސްޓާޝިއޯ (ލޮނު ނުލައި ހުންނަ ވައްތަރު)
¼ ބައި ޖޯޑު ކެޒޫނަޓް (ލޮނު ނުލައި ހުންނަ ވައްތަރު)
¼ ޖޯޑު ހިކި މޭބިސް ކަދުރު
އޮއް ނަގާފައިވާ 8 އޮށް ކަދުރު
3 ވައްތީނި (ފިގް) (ޑްރައިޑް)
2 ½ ޖޯޑު ކިރު
ހަކުރު (ފޮނިރަހަ ހެޔޮވާވަރަށް)

ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ހުރިހާ ނަޓްސްތަކެއް ކުދިކުދިކޮށް ކޮށާލާށެވެ. އަދި ބްލެންޑަރއަކަށް އަޅައި ކިރާއެކު ބްލެންޑްކޮށްލާށެވެ. މިއަށްފަހު މިބްލެންޑްކުރި އެއްޗެހީގެ ތެރެއަށް ބޭނުންވާ ވަރަށް ހަކުރާއި 2 ޖޯޑު ކިރު އަޅާލުމަށްފަހު ރަގަނޅަށް މިކްސްކޮށްލާށެވެ. މިހާހިސާބުން މިހިރީ ޑްރައި ފުރުޓް މިލްކް ޝޭކް ހަދައި ނިމިފައެވެ. ފިނިކޮށްލައިގެން ނުވަތަ ފިނި ނުކޮށްވެސް ރޯދަވީއްލާ ގަޑީގައި އަދި ތަރާވީހަށްވެސް މިބުއިން ވަރަށް ހިތްގައިމުވާނެއެވެ.