ޚަބަރު

"ބީ ސާފު"ގެ ނަމުގައި މާލެތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގައިފި


"ބީ ސާފު"ގެ ނަމުގައި ދިވެހި ޒުވާނުންތަކެއް އިސްނައިގެން ސާފުކުރުމުގެ ޙާއްސަ ޕްރޮގްރާމެއް މާލޭ ސިޓީ މިއަދު ކުރިއަށްގެންގޮސްފިއެވެ.

މިއީ ރާއްޖޭގައި މަސައްކަތްކުރާ ދިވެހި އާކިޓެކްޗަރުންނާއި އިންޖިނިއަރުން ގުޅިގެން އުފައްދާފައިވާ ހަރަކާތެއްކަމަށްވާ "ބީ އިނިޝިއޭޓިވް" އިން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ.

މާލޭ ރަސްފަންނު ސަރަޙައްދުގައި މިއަދު ހެނދުނު 6 އިން 9 އަކަށް ކުރިއަށްގެންދިޔަ މި ހަރަކާތުގެ ތެރެއިން އެ ސަރަޙައްދަށް އަޅާފައިވާ ޕްލާސްޓިކް ފުޅިއާއި، ދަޅުފަދަ ތިމާވެއްޓަށް ގެއްލުންހުރި ސާމާނު އެއްކޮށްފައިވެއެވެ.

"ބީ އިނިޝިއޭޓިވް" ތިމާވެއްޓާއި ގުޅުންހުރި ތަފާތު ކަންކަމަށް އާއްމުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.