ޚަބަރު

މައިންނަށް ޚާއްޞަ ބެޑްމިންޓަން މުބާރާތެއް އައްޑޫސިޓީގައި ފަށައިފި


އައްޑޫސިޓީގައި މައިންނަށް ޚާއްޞަ ބެޑްމިންޓަން މުބާރާތެއް ފަށައިފިިއެވެ.
އައްޑޫ ބެޑްމިންޓަން ކުލަބުން އިންތިޒާމުކޮށްގެން 'ގޮމަ ކަޕް'ގެ ނަމުގައި އިއްޔެ ފެށީ އޮޕަންސް ޑަބަލްސް ބެޑްމިންޓަން މުބާރާތެކެވެ.
އައްޑޫ ބެޑްމިންޓަން ކުލަބް (އޭބީސީ) އިން ބުނީ މިފަދަ ޕްރޮގްރާމެއް ބާއްވަނީ، އުމުރުން ދޮށީ އަންހެނުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމުގެ މުހިންމުކަން ބެޑްމިންޓަންގެ ޒަރީއްޔާއިން މުޖްތަމައަށް އަންގައިދިނުންކަމުގައެވެ. މި މުބާރާތުގައި ޖުމްލަ 13 ޕެއަރއެއް ބައިވެރިވިއެވެ.
މިމަހުގެ 14 އިގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ ރޭ އެކަނިވެސް 7 މެޗު ކުޅުނެވެ. މުބާރާތް ހުޅުވިމެޗުގައި ވާދަކުރީ ހަސޫރާއާއ ސޯނިއާގެ ޕެއަރ އަދި ޝިޒާއާއި އަޤުލީމާގެ ޕެއަރ އެވެ. މި މެޗު ދެ ސެޓުން ކާމިޔާބު ކުރީ ޝިޒާއާއި އަގުލީމާގެ ޕެއަރ އިންނެވެ.
އައްޑޫ ސިޓީ ބެޑްމިންޓަން ކުލަބުން އަންނަނީ މިފަދަ ތަފާތު އެކި މުބާރާތްތަައް ބާއްވަމުންނެވެ. އެގޮތުން 40 އަހަރުން މަތީގެ މީހުންނަށް ޢަމާޒުކޮށްގެން ވެޓަރަންސް މުބާރާތެއް އެ ކްލަބުންވަނީ ދާދި ފަހުން ބާއްވާފައެވެ.