ލައިފް ސްޓައިލް

އީރާނުގައި ޓެލެގްރާމް ބޭނުންކުރުން މަނާކޮށްފި


އީރާނުގައި "ޓެލެގްރާމް" ބޭނުންކުރުން މަނާކުރަން އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ސޯޝަލް މީޑިއާ އެޕްލިކޭޝަނެއްކަމަށްވާ ޓެލެގްރާމް ޢީރާނުގައި ބޭނުންކުރުން މަނާކުރަން ނިންމީ، ސަލާމަތީ ސަބަބުތަކަށްޓަކައިކަމަށް ޢީރާނުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. އަދި މިނިންމުން ނިންމާފައިވަނީ އެޤައުމުގެ އެންމެ އިސްވެރިންގެ މެދުގައި މަޝްވަރާކޮށްފައިކަމަށްވެސް އީރާނުގެ ރަސްމީ ނޫސް އެޖެންސީން ބުނެއެވެ.
ޢިރާނުގައި 40 މިލިއަނެއްހާ މީހުން ޓެލެގްރާމް ބޭނުންކުރާއިރު، ޚަބަރުތައް ބުނާގޮތުން ޓެލެގްރާމްގެ ބަދަލުގައި ބޭނުންކުރުމަށް އައު އެޕްލިކޭޝަނެއް އެޤައުމުގައި ވަރަށް އަވަހަށް ތަޢާރަފްކުރާނެއެވެ.
އީރާނުގައި ޓެލެގްރާމް ބޭނުންކުރުން މަނާކުރަން ނިންމާފައި މިވަނީ، އެޤައުމުގެ ސަރުކާރާ ދެކޮޅަށް އެންމެފަހުން ބޭއްވި މުޒާހަރާތައް އިންތިޒާމްކުރުމުގެ މުޢާމަލާތްތައް ހިންގުމަށް ގިނަ އަދަދެއްގެ ބަޔަކު މިއެޕްލިކޭޝަންގެ ބޭނުންކޮށްފައިވަނިކޮށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 200 މިލިއަނަށްވުރެ ގިނަ މީހުން މެސެޖްކޮށް، ފޯނުކުރުމަށް ޓެލެގްރާމް ބޭނުންކުރާއިރު، މިއީ ސަލާމަތީ ސިފަތައް ވަރަށް ވަރުގަދަ އެޕްލިކޭޝަނެކެވެ. ނަމަވެސް ބައެއް ޤައުމުތަކުގެ ސަލާމަތީ އިދާރާތަކުން ތުހުމަތުކުރާ ގޮތުގައި މިފަދަ އެޕްލިކޭޝަންތައް ބޭނުންކޮށްގެން ޤައުމުތަކުގެ ސަލާމަތަށް ނުރައްކާވާފަދަ އަމަލުތައް ހިންގައެވެ.