ލައިފް ސްޓައިލް

އެންމެ ބޮޑު ރަން އަނގޮޓި، ޔޫއޭއީގައި..!


ދުނިޔޭގެ އެންމެ އަގުބޮޑު ރަން އަނގޮޓި ޢާއްމުންނަށް ދައްކާލުމަށް ޔޫއޭއީގައި ބަހައްޓައިފިއެވެ.

ނަޖްމަތު ތާޢިބާ، ނުވަތަ ތާޢިބާގެ ތަރީގެ ނަން ދީފައިވާ 21 ކެރަޓްގެ މި ރަން އަނގޮޓީގެ ބަރުދަނުގައި 64 ކިލޯ ހުރެއެވެ. އަނގޮޓި ވަށައިގެން 5 ކިލޯއަށްވުރެ ގިނަ ޖަވާހިރާ ކްރިސްޓަލް ހަރުކޮށްފައިވާއިރު، އަނގޮޓީގެ އަގު 3 މިލިއަން ޑޮލަރަށް އަރައެވެ.

img:http://s2.psmnews.mv/images/660x400/15173066351742.jpg|އެންމެ ބޮޑު ރަން އަނގޮޓި / މިއީ 3 މިލިއަން ޑޮލަރުގެ އަނގޮޓިއެއް

2000 ވަނަ އަހަރު މިއަނގޮޓި ހެދުމުގެ މަސައްކަތުގައި 55 މީހަކު ހަރަކާތްތެރިވިއިރު، އަނގޮޓީގެ މަސައްކަތް ނިންމާލުމަށް 45 ދުވަސް ހޭދަވިއެވެ.

މިއަނގޮޓީގެ ވެރި ފަރާތަކީ ޔޫއޭއީ ކުންފުންޏަކަށްވާއިރު، މިއަނގޮޓީ ދައްކާލުމަށް ބަހައްޓާފައިވަނީ ޔޫއޭއީގެ ޝާރްޖާހްގެ ސަހްރާ ސެންޓަރުގައެވެ. ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްއިންވެސް ވަނީ މިއަނގޮޓިއަކީ އެންމެ ބޮޑު ރަން އަނގޮޓިކަމަށް ކަނޑައަޅާފައެވެ.