ޚަބަރު

މިއަހަރުގެ ތިމާވެށީގެ ދުވަހާ ދިމާކޮށް ޚާއްސަ ފޮޓޯގްރަފީ މުބާރާތެއް ބާއްވަނީ





 


މިއަހަރުގެ ތިމާވެށީގެ ދުވަހާ ދިމާކޮށް ޚާއްސަ ފޮޓޯގްރަފީ މުބާރާތެއް ބޭއްވުމަށް މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީއިން ނިންމައިފިއެވެ.


 
އެމްބީސީއަށް މައުލޫމާތުދެއްވަމުން އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މި ފޮޓޯގްރަފީ މުބާރާތުގައި ކޮންމެ މީހަކަށްވެސް ބައިވެރި ވެވިދާނެ ކަމަށާއި، ބައިވެރިވުމަށް ޓަކައި މިނިސްޓްރީއަށް ހުށައަޅާ ފޮޓޯ ވާން ޖެހޭނީ ތިމާވެށީގެ ދުވަހުގެ މިއަހަރުގެ ޝިއާރު ކަމުގައިވާ "ރައިޒް ޔޯ ވޮއިސް، ނޮޓް ދަ ސީލެވެލް" ނުވަތަ "އައިލެންޑް ބަޔޯޑައިވާރސިޓީ"އާ ގުޅުން ހުރި ފޮޓޯއަކަށް ކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ.


 
 


އަދި މި މުބާރާތަށް ހުށައެޅޭ ފޮޓޯތައް ހިމަނައިގެން ޖޫންމަހުގެ ފަހަކުން ހަތަކަށް ނޭޝަނަލް އާރޓް ގެލެރީގައި ޚާއްސަ ފޮޓޯ މައުރަޒެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ. މީގެ އިތުރުން މި މުބާރާތުން ވަނަވަނައަށް އަންނަ ފަރާތްތަކަށް އަގުހުރި އިނާމުތަށް ކަނޑައެޅިފައިވާކަމަށްވެސް އެމިނިސްޓްރީން މައުލޫމާތުދެއެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޖޫންމަހުގެ 5 ވަނަދުވަސް، މިއަހަރުގެ ތިމާވެށީގެ ދުވަސް ޚާއްސަކޮށްފައިވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ދުނިޔެ ހޭލުން ތެރިކުރުމަށެވެ. މިއަހަރު ދުނިޔޭގެ ތިމާވެށީގެ ދުވަސް ބައިނަލްއަގްއާމީ ފެންވަރުގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ބާރބޭޑޯސްގައެވެ.