ޚަބަރު

ނައިފަރު ހޮސްޕިޓަލުގެ ސާވަރ ހެކްކުރި މައްސަލަ ތަހުޤީގުކުރަނީ


  • މި މައްސަލަ ހުށަހަޅާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު

ޅ.ނައިފަރު ހޮސްޕިޓަލުގެ ސާވަރ ހެކްކުރި މައްސަލަ ފުލުހުން ތަހުޤީގުކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ޅ.ނައިފަރު ހޮސްޕިޓަލުގެ ސާވަރ ހެކްކުރި މައްސަލަ މިމަހުގެ 12 ވަނަ ދުވަހު ހުށަހަޅާފައިވާކަމަށެވެ. އަދި އެ މައްސަލަ ތަހުޤީގުކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ ތަހުޤީޤުކުރުމަށް މާލެއިން ދިިޔަ ފުލުހުންގެ ޚާއްސަ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުންދާކަމަށެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ނުދެއްވައެވެ.