ލައިފް ސްޓައިލް

ޕެރިސް ހިލްޓަން އެންގޭޖުވެއްޖެ


އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، މޮޑެލް އަދި އެކްޓެރަސް، ޕެރިސް ހިލްޓަން އެންގޭޖްވެއްޖެއެވެ.

އުމުރުން 36 އަހަރުގެ ޕެރިސް ހިލްޓަން ލޯބީގެ ގޮތުން ގުޅިގެން އުޅޭ އުމުރުން 32 އަހަރުގެ މަޝްހޫރު އެކްޓަރ އަދި މޮޑެލް ކްރިސް ޒިލްކާއާ އެންގޭޖްވިކަން އިޢުލާންކޮށްފައިވަނީ އަންގާރަދުވަހު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައެވެ.

އިންސްޓަގްރާމްގެ ޕޯސްޓުން ފެންނަ ގޮތުން، ޕެރިސް ހިލްޓަންއާއި ކްރިސް ޒިލްކާ އެންގޭޖްވީ އެމެރިކާގެ ކޮލަރާޑޯގައި ހުންނަ ސްކީ ކުރުމަށް ޚާއްސަ ފަރުބަދަތަކެއްގެމަތީގައެވެ. އެންގޭޖުވުމުގެ ގޮތުން ޕެރިސް ހިލްޓަންގެ އަތުގައި އެޅުވި އަނގޮޅީގެ އަގު 2 މިލިއަން ޑޮލަރަށް އަރާނެކަމަށް ޙަބަރުތައް ބުނެއެވެ.

img:http://s1.psmnews.mv/images/660x400/15149851875087.jpg|

ލަވަކިއުމާއި ފިލްމުކުޅުމުގެ އިތުރުން، ރިއަލީ ޝޯވތަކުގައިވެސް ޕެރިސް ހިލްޓަން ހަރަކާތްތެރިވެފައިވެއެވެ. މީގެ އިތުރުން އޭނާއަކީ ކާމިޔާބު ވިޔަފާރިވެރިއެކެވެ. އޭނާގެ މިލްކިއްޔާތުގައި 300 މިލިއަނެއްހާ ޑޮލަރު ހުންނާނެކަމަށް ލަފާކުރެއެވެ.

ޕެރިސް ހިލްޓަންގެ ބައިވެރިޔާ ކްރިސް ޒިލްކާއަކީ އެމޭޒިންގ ސްޕައިޑަމޭން ފަދަ މަޝްހޫރު ފިލްމުތަކުގައި ހަރަކާތްތެރިވެފައިވާ އެކްޓަރެކެވެ.