ޚަބަރު

ދިގުރަށުން ފެނުނީ ގޮވާ ޒާތުގެ އެއްޗެއް ނޫން- އެމްއެންޑީއެފް


އދ، ދިގުރަށުން ފެނުނީ ގޮވާ ޒާތުގެ އެއްޗެއް ނޫންކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން މިހެން ވިދާޅުވީ އދ. ދިގުރަށުން ގޮވާޒާތުގެ އެއްޗެއްކަމަށް ބެލެވޭ އެއްޗެއް ފެނިގެން ރިޕޯޓްކުރުމާއި ގުޅިގެން، އެމްއެންޑީއެފުން ގޮސް ބެލި ބެލުންތަކަށްފަހުއެވެ. އެމްއެންޑީއެފުން ވިދާޅުވީ އެއީ ހުސް ކޮންޓެއިނަރެއްކަމަށާއި، އޭގައި ގޮވާ ޒާތުގެ އެއްވެސް އެއްޗެއް ނެތްކަމަށެވެ. 

img:http://s1.psmnews.mv/images/660x400/15041757551998.jpg|ދިގުރަށުން ފެނުނު ގޮވާ ޒާތުގެ އެއްޗެއްކަމަށް ޝައްކުކުރެވޭ އެތި / ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން ވިދާޅުވީ ގޮވާ ޒާތުގެ އެއްޗެއްކަމަށް ބެލެވޭ އެއްޗެއް ދިގުރަށު އަތިރިމަތިން ފެނިގެން، އެރަށު ކައުންސިލުން ރިޕޯޓްކުރީ މިއަދު ހެނދުނު 11:15 ހާއިރުކަމަށެވެ.