ޚަބަރު

ގަވަރނަރގެ މަޤާމަށް އައްޔަން ކުރެއްވުމަށް ނީޒާގެ ނަން މަޖިލީހަށް


ރައީސުލްޖުމްހޫރިއްޔާ، އެމްއެމްއޭގެ ގަވަރނަރގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ނަމެއް ފޮނުއްވައިފިއެވެ.

ގަވަރނަރގެ މަޤާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ، ހ.ލަކްސިން، ނީޒާ ޢިމާދުގެ ނަންފުޅެވެ. އެކަމަނާ މިހާރު އަދާކުރައްވަމުން ގެންދަވަނީ އެސިސްޓެންޓް ގަވަރނަރގެ މަޤާމެވެ.

ޤަވަރނަރގެ މަޤާމުގައި ހުންނެވި ޑރ.އަޒީމާ އާދަމް ވަނީ މިއަދު ހެނދުނު މަޤާމުން އިސްތިއުފާ ދެއްވާފައެވެ. މަޤާމުން އިސްތިއުފާ ދެއްވަން ނިންމެވިކަން އިޢުލާންކުރައްވާ ދެއްވި ސްޓޭޓްމަންޓްގައި އެކަމަނާ ވިދާޅުވީ، އިސްތިއުފާ ދެއްވަން ނިންމެވީ އަމިއްލަ ދިރިއުޅުމުގެ ޙާލަތު ހުރިގޮތުން ކަމަށެވެ.