ތިމާވެށި

ފެނުގެ ދުވަހުގެ ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި


ފެނުގެ ދުވަހާ ގުޅުވައިގެން އެމް.ޑަބްލިއު.އެސް.ސީން ބޭއްވި ކުރެހުމުގެ މުބާރާތާއި، އިންސްޓަގްރާމް ފޮޓޯ މުބާރާތުގެ ވަނަ ވަނައަށް ހޮވުނު ފަރާތްތަކަށް ހަދާނީ ލިޔުން ޙަވާލުކޮށްފިއެވެ. 

މި ރަސްމިއްޔާތުގައި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ އެމް.ޑަބްލިޔު،އެސް.ސީ\ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުއެވެ. ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަޒުލް ވިދާޅުވީ މިފަދަ މުބާރާތްތައް ބެއްވުމުގެ މަޤްޞަދަކީ ޢާއްމުންގެ މެދުގައި ފެނާއި މެދު ހޭލުންތެރިކަން އިތުރުކުރުންކަމަށެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ބޭއްވި ކުރެހުމުގެ މުބާރާތުގައި ބައިވެރިވެވީ ނުވަ އަހަރާއި ހަ އަހަރާއި ދެމެދުގެ ދަރިވަރުންނާއި، ދިހަ އަހާރާއި ތޭރަ އަހަރާއި ދެމެދުގެ ދަރިވަރުންނާއި ސާދަ އަހަރާއި ސޯޅަ އަހަރާއި ދެމެދުގެ ދަރިވަރުންނެވެ. އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވި ގޮތުގައި އެކުންފުނީގެ އަމާޒަކީ ރައްކާތެރި ބޯފެން އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުންކަމުގައެވެ.

ކުރެހުމުގެ މުބާރާތުން އެއް ވަނަ ހޯދީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ އަލްޔާ މުޙައްމަދު މިޝޭލް، ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލްގެ ޔޫސުފް ޝުމައިލް އަހްމަދް، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މުޙައްމަދު ޒައިމް އާސިފްއެވެ. އަދި އިންސްޓަގްރާމް ފޮޓޯ މުބާރާތުން އެއް ވަނަ ހޯދީ ނަވާޒް އައްސަދުއެވެ. ދެ ވަނަ ލިބުނީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ޢާއިޝަތު މިޝަލް ސާމިރް، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އައިމިނަތް ޔޫހާ އިބްރާހިމް، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މުޙައްމަދު މަސާއު އަހްމަދުއަށެވެ. އަދި އިންސްޓަގްރާމް ފޮޓޯ މުބާރާތުން ދެ ވަނަ ހޯދާފައިވަނީ އަޙްމަދު އަޝްރަފްއެވެ.

މި މުބާރާތުން ތިން ވަނަ ލިބުނު ފަރާތްތަކަކީ އަމީނިއްޔާ ސުކޫލްގެ އައިޝަތް ނަބާހާ މުޙައްމަދް ސަޒީލް އާއި ޣިޔާސުއްދީން އިންޓާރނޭޝަނަލް ސްކޫލްގެ އިބްޒާ އިބްރާހިމް ސުޖާއު އާއި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އައިޝަތް ޔަޝްމީ އިބްރާހިމްއެވެ. އިންސްޓަރގްރާމް މުބާރާތުން ތިން ވަނަ ހޯދާފައިވަނީ ޖަޒީރާ ޑޮޓް ވައިބްސްއިންނެވެ.