ތަރައްްޤީ

6 ރަށެއްގެ ނަރުދަމާ، 2 ކޮންޓްރެކްޓަރަކާ ހަވާލުކުރައްވައިފި


6 ރަށެއްގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ކުރުމަށް ދެ ކޮންޓްރެކްޓްރަކާ މިއަދު ޙަވާލުކުރައްވައިފިއެވެ. 

އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވެވި މިރަސްމިޔާތުގައި ނަރުދަމާ ނިޒާމްގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް- އެމް.އާރު.ޑީ.ސީއާ ޙަވާލުކުރައްވާފައިވަނީ އދ.ހަންޏާމީދޫ، އދ.އޮމަދޫ އަދި ލ.މާވަށެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމްއެވެ. އެމްއާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖންގ ޑިރެކްޓަރ މުޙައްމަދު ނިމާލްއެވެ.

img:http://s1.psmnews.mv/images/660x400/14938940230893.jpg|6 ރަށެއްގެ ނަރުދަމާގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ރ. ރަސްމާދުއާއި އެ އަތޮޅު މާކުރަތާއި ފ. ފީއަލީގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ޙަވާލުކުރެއްވީ އެމް.ޓީ.ސީ،ސީއާއެވެ. މިއެއްބަސްވުމުގައި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ކުރިކް ރިޒާއެވެ. މި ޕްރޮޖެކްޓްގެ ދަށުން މި 6 ރަށުގެ ނަރުދަމާގެ ނެޓްވޯކާއި ޕަމްޕް ސްޓޭޝަންތަކާއި ސީ އައުޓްފޯލް އަދި ނަރުދަމާއާ ގުޅޭ ލޭބަރ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.