ތަރައްްޤީ

ޔާމީންގެ މަރާގުޅޭ ތަފްސީލް ފުލުހުން މިއަދު ހާމަކުރައްވާނެ


މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ތޫނު އެއްޗަކުން ހަމާލާދީ މަރާލާފައިވާ ފެނުނު ޔާމީން ރަޝީދުގެ މަރުގެ ތަޙުޤީޤާބެހޭ މަޢުލޫމާތު މީޑިއާއާ ހިއްސާކުރެއްވުމަށް ފުލުހުން ނިންމަވައިފިއެވެ.

މިކަމާ މެބޭގޮތުން ފުލުހުން ބާއްވަވާ ޚާއްޞަ ޕްރެސްކޮންފަރެންސް މިއަދު ހަވީރު 4:30 ގައި އޮންނާނެއެވެ. މި ޕްރެސް ކޮންފަރެންސް ޓީވީ މޯލްޑިވްސް އިން ވަގުތުން ގެނެސްދެވޭނެއެވެ.

ބޮޑެތި ޒަހަމް ތަކަކާ އެކު ޔާމީން މަރާލާފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ކައިރިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 2:59 އެހާކަންހާއިރު އެވެ. ޔާމީން ފެނުނުއިރު އޭނާގެ ބޮލާއި، ކަރާއި މޭމަތީގެ 14 ތަނަކަށް ވަޅިހަރާފައިވެއެވެ.