ރިޕޯޓް

ވީޑިއޯ: "މެޑަމް ފާޠިމަތު އިބްރާހީމް" ގެ އާދައާ ޚިލާފު ޚިދުމަތް !


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތް ކުރެއްވުމުން އެކަމަނާއަށް ރަށްރަށުގެ ރައްޔިތުން ދަންނަވާ ހޫނު މަރުޙަބާއަކީ މީގެކުރިން މިޙައިޞިއްޔަތުގެ އެހެން ބޭފުޅަކާމެދު ފާހަގަކުރެވޭ ގޮތެއްގައި ފެންނަމުން އައިސްފައިވާ ކަމެއް ނޫނެވެ. 

އަދި އެކަމަނާ ރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ޢާންމުންނާ ސަލާމްކުރައްވައި، އެމީހުންގެ ޙާލު އަހުވާލު ބައްލަވައި މީހުންގެ ވާހަކަތައް ފަރުވާތެރިކަމާއެކު އަޑުއެއްސެވުމާއި އެކަމަނާ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެހީތެރިކަން ބޭނުންވެފައިވާ މީހުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން ފެނިފައިވާ ޖަޒުބާތުގެ މަންޒަރުތަކަކީ ފަސްޓްލެޑީއެއްގެ ފަރާތްޕުޅުން މީގެ ކުރިން ކުރެވިފައިވާ ތަޖުރިބާއެއް ނޫނެވެ.