ޚަބަރު

ހުޅުމާލޭގެ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


ހުޅުމާލެ "ޑެލްރިއޯ"  ނަމަކަށްކިޔާ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެފިހާރައަށް ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ.

މިއަދު މެނދުރު ބާރަގަޑި ފަނަރަހާއިރު ހެދުން ވިއްކާ މިފިހާރާފައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް "ޑެލްރިއޯ" ފިހާރަ ހުރި ޢިމާރާތާއި، ފިހާރައިގައި ހުރި އަންނައުނާއި ކުޑަކުދިންގެ ބައެއް ސާމާންތައް ވަރަށް ވަނީ ހަލާކުވެފައެވެ.

އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމަކާއި ފުލުހުން އެސަރަހައްދަށް ގޮސް ހަރަކާތްތެރިވެ، މެންދުރު އެއްގަޑި ތިރީސްހާއިރު ފިހާރައިގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިހާދިސާ ހިނގަން މެދުވެރިވީ އެފިހާރައިގައި ހިނގި ކަރަންޓް ޝޯޓަކުން، އެއަރކޮންޑިޝަންގައި ރޯވެގެންކަމަށް މަންޒަރު ދުށް ބައެއް ފަރާތްތަކުން ޕީއެސްއެމްއަށް މަޢުލޫމާތުދިނެވެ.