ތިމާވެށި

ސަސްޓެއިނަބަލް ކޮންޒަމްޝަން އެންޑް ޕްރޮޑަކްޝަން ވޯކްޝޮޕް


ފަތުރުވެރިކަމުގެ ދާއިރާގައި އުފައްދާ ބާވަތްތައް ދެމެހެއްޓެވިނި ގޮތެއްގައި ބޭނުންކުރުމާ ބެހޭގޮތުން ސަކެޕްގެ ގައުމުތަކުގެ މެދުގައި ބާއްވާ ބައްދަލުވުން ރާއްޖޭގައި މިއަދު ހެނދުނު ފަށައިފިއެވެ. 

ކަސްޓަމްސް ބިލްޑިންގ ގައި އެއްދުވަަހަށް ކުރިއަށްދާ މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވަނީ، ފަތުރުވެރިކަމުގެ ދާއިރާގައި އުފައްދާ ބޭނުންކުރާ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށްޓާއި ރަށްޓެހިގޮތަށް ބޭނުންކުރުމާ ބެހޭގޮތުންނެވެ. 

މި ބައްދަލުވުން އިފްތިތާޙުކޮށްދެއްވާ ވާހަކަ ދައްކަވަމުން އެންވައިރަމެންޓް މިނިސްޓަރ ތާރިޤް އިބްރާޙީމް ވިދާޅުވީ މި މިބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ޓޫރިޒަމް ސެކްޓަރގައި ބޭންކުރާ ބާވަތްތަކާއި، އުފައްދާ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދޭ އެއްޗެހިތޯ ބަލައި، މި ރީޖަންގައި އެ މަސައްކަތް ކުރާ ގޮތާ ރާއްޖޭގައި އެ މަސައްކަތް ކުރާ ގޮތް ބެލުން ކަމަށެވެ.އަދި ރާއްޖެގެ ރިސޯޓްތަކުގައި އުފައްދާ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭނެ ގޮތަކީ ކޮބައިކަން ދެނެގަތުމާއި، ސަކެޕްގެ މެންބަރު ގައުމުތަކުގެ ޓޫރިޒަމް އިންޑަސްޓްރީގައި މިމަސައްކަތް ކުރާގޮތުގެ ތަޖުރިބާ ހިއްސާކުރުން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.