އުއްމީދާއި ތަރައްޤީ

ބަޖެޓް 2017 - އިޖްތިމާޢީ ތަރައްޤީއަށް %38 ޚަރަދުކުރާނެ


2017 ވަނަ އަހަރު ދައުލަތުގެ ޚަރަދުގެ ބޮޑު ބައެއް ކަނޑައެޅިފައިވަނީ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށެވެ. މިގޮތުން އިޖުތިމާޢީ ތަރައްޤީއަށް ޖުމުލަ ބަޖެޓުގެ 38 އިންސައްތަ ހޭދަކުރާނެއެވެ. އިޤްތިޞާދީ ތަރައްޤީއަށް 13 އިންސައްތަ ހޭދަކުރާނެއެވެ. އަދި ރައްޔިތުންނަށް ދެވޭ އާންމު ޚިދުމަތަށް 27 އިންސައްތަ ހޭދަކުރެވޭނެ ކަމަށް ލަފާކުރެވޭއިރު، 22 އިންސައްތަ ހޭދަކުރާނީ ދަރަނީގެ ޚިދުމަތުގެ ޚަރަދަށާއި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރުމަށެވެ.

ދައުލަތުގެ ރިކަރަންޓް ޚަރަދުގެ ގޮތުގައި ކަނޑައެޅިފައިވާ 13.57 ބިލިއަން ރުފިޔާގެ ތެރެއިން 61 އިންސައްތަ ހޭދަކުރެއްވުމަށް ހަމަޖެހިފައިވަނީ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކާއި ޕެންޝަނަށްކަމަށާއި، ސަރުކާރުންދޭ އެހީ އާއި ސަބްސިޑީއަށް ބަޖެޓުގެ ނުވައެއް އިން ސައްތަ ހޭދަ ކުރައްވާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ދެމުން ގެންދާ އެކިއެކި ސަބްސިޑީތަކާއި އެހީތައް އޭގެ ހައްޤުވެރިންނަށް ފޯރުކޮށްދީ، ދައުލަތުގެ ބަޖެޓަށް ބުރަބޮޑު ނުވާނޭހެން، ދެމެހެއްޓެނިވި ގޮތެއްގައި ހަމަޖައްސައިދެއްވާނޭކަމަށެވެ.