ނ. މާޅެންދޫ ކަރަންޓް ކޭބަލް ނެޓްވޯކް އެޅުމަށް ބޭނުންވާ ކޭބަލް ހޯދުމާއި ހއ. އުލިގަމުގައި އަލަށް ޤާއިމްކުރާ އިންޖީނުގެ ޢިމާރާތް ކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރުންނާއި ޙަވާލުކޮށްފިއެވެ. ފެނަކަ ކޯޕަރޭޝަންގައި މިއަދު ވަކި ވަކިން ކުރިޔަށް ގެންދިޔަ މި އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މޭނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފްއެވެ.
ނ. މާޅެންދޫގައި މިހާރު ކަރަންޓްގެ ޙިދުމަތް ދެމުންގެންދަނީ އާދައިގެ ކޭބަލް ނެޓްވޯކެއް ބޭނުންކޮށްގެންކަމަށާއި، ފެނަކަ ކޮޕަރޭޝަނުން މިވަގުތު އެންމެ އިސްކަމެއްދީގެން ކުރިއަށްގެންދަން ބޭނުންވާ މަސައްކަތްތަކުގެ ތެރެއިން އެއްމަސައްކަތަކީ، އެރަށުގައި މިހާރު ބޭނުން ކުރަމުންގެންދާ ކޭބަލް ނެޓްވޯކް ޒަމާނީ ފެންވަރުގެ ކޭބަލް ނެޓްވޯކަކަށް ބަދަލުކުރުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ. މާޅެންދޫ ކަރަންޓު ކޭބަލް ނެޓްވޯކް އެޅުމަށް ބޭނުންވާ ކޭބަލް ހޯދަން ބަޔަކާއި ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވަނީ އެ ރަށުގައި އައު އިންޖީނުގެއެއް ޢިމާރާތް ކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށް ވިދާޅުވެފައެވެ.
img:http://s1.psmnews.mv/images/660x400/14767104550215.jpg|ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް
މާޅެންދޫގެ ކޭބަލް ނެޓްވޯކަށް ބެނުންވާ ކޭބަލް ހޯދުމަށް ޙަވާލުކޮށްފައިވަނީ އެމް.އެމް އެކްސްޕޯ ޕްރައިވެޓް ލިމިޓެޑާއެވެ. މި ޕްރޮޖެކްޓުގެ ދަށުން ގާތްގަޑަކަށް 1.8 މިލިއަން ރުފިޔާގެ ކޭބަލް ގަތުމަށް ހަމަޖެހިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.
ނ. މާޅެންދޫގެ ޕްރޮޖެކްޓްގެ އިތުރުން ފެނަކަ ކޯޕަރޭޝަނުން ވަނީ ހއ. އުލިގަމުގައި އަލަށް ޤާއިމްކުރާ އިންޖީނުގެ ޢިމާރާތް ކުރުމުގެ މަސައްކަތްވެސް ވެލްޑިންގ އެންޑް ކޮންސްޓްރަކްޝަން ވާރކް ޕްރައިވެޓް ލިމިޓެޑަރ ވަނީ ހަވާލުކޮށްފައެވެ. މި ޕްރޮޖެކްޓަށް ގާތްގަޑަކަށް 4.7 މިލިޔަން ރުފިޔާ ޙަރަދުވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
އުލިގަމު އިންޖީނުގެ ޢިމާރާތް ކުރުމުގެ މަސައްކަތް މިއަންނަ އަހަރުގެ މެއިމަހު ނިންމާ ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.