ތިމާވެށި

ރާއްޖެއިން ޗައިނާއަށް މަރުޙަބާ ކިޔައިފި


މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ކޮންޓްރޯލް ކުރުމަށް އެކުލަވާލާފައިވާ ޕެރިސް އެގްރީމެންޓް ޗައިނާއިން ތަސްދީޤުކުރުމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް އެކަމަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

މިއީ، ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމަށް ތަރައްޤީވެފައިވާ ޤައުމުތަކާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕެރިސް އެގްރީމެންޓް ތަންފީޒުކުރަން ފެށުމަށް ހަމަޖެހިފައިވަނީ، 55 ޤައުމުން މި އެއްބަސްވުން ތަސްދީޤުކުރުމުންނެވެ. ޗައިނާއިން މި އެއްބަސްވުން ތަސްދީޤުކުރުމާއިއެކު، މި އެއްބަސްވުން ތަސްދީޤުކޮށްފައިވާ ޤައުމުތަކުގެ އަދަދު މިހާރުވަނީ 24 އަށް އަރާފައެވެ.

tw:https://twitter.com/EnvGovMv/status/771944475648221186

ޕެރިސް އެގްރީމެންޓް ތަސްދީޤުކުރި އެންމެ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ.

ދުނިޔެ ހޫނުވުމާއި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ޤައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަން، އަދި ޚާއްޞަކޮށް ބިން ތިރި ޤައުމުތަކާއި، ކުދި ޖަޒީރާ ޤައުމުތަކަށް އޮތް ނުރައްކާތެރިކަމާއިމެދު ހޭލުންތެރިކަން އިތުރުކުރުމަށް، ކުދި ޖަޒީރާ ޤައުމުތަކުގެ ގުޅުން، އެއޮސިސްގެ ޗެއަރގެ ހައިޞިއްޔަތުން ރާއްޖެއިން ގެންދަނީ ހުއްޓުމެއްނެތި ވަކާލާތު ކުރަމުންނެވެ. އަދި، ޕެރިސް އެގްރީމެންޓް އެކުލަވާލާ، އެ އެއްބަސްވުން ހަޤީޤަތަކަށް ހެދުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތާއި، އެ އެއްބަސްވުމަކީ ކާމިޔާބީއަކަށް ހެދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.