ޚަބަރު

މާވަށުގައި މީހަކު މަރާލި މައްސަލައިގައި ދައުވާކުރަން ފޮނުވައިފި


  • ދައުވާ ކުރަނީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް މުޙައްމަދު އިބްރާހިމްގެ މައްޗަށް

  • މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ އެރަށު ނަލަހިޔާ، މޫސާ އިބްރާހި

ލ. މާވަށުގައި މީހަކު މަރާލި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ 28 ޖުލައި 2025 ވަނަ ދުވަހުގެ 10:12 އެހާކަންހާއިރުއެވެ. މިމާރާމާރީގައި އަނިޔާވި މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުންވަނީ ހާމަކުރައްވާފައެވެ.

މިމާރަމާރީގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ މާވަށު، ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމެވެ.

މިމައްސަލައާ ގުޅިގެން ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، އުމުރުން 29 އަހަރުގެ މުޙައްމަދު އިބްރާހިމް ފުލުހުން ހައްޔަރުކޮށް މައްސަލަ ބަލައި ނިންމުމަށްފަހު އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ އަންގާރަ ދުވަހުވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

މި މައްސަލަ ޕްރޮސެކިއުޓަރ ޖެެނެރަލްގެ އޮފީހުން ބަލައިގެންފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މުޙައްމަދު އިބްރާހިމް މިވަގުތު ހުރީ ކޯޓު އަމުރެއްގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުގައެވެ.