ސިޔާސީ

ހޯމް މިނިސްޓަރުކަމަށް އަޒްލީން އަޙްމަދު ޢައްޔަންކުރެއްވުން


މިނިސްޓަރ އޮފް ހޯމް އެފެއަރޒްކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އަޒްލީން އަޙްމަދު ޢައްޔަން ކުރައްވައިފިއެވެ. އަޒްލީން އަޙްމަދު މިހާތަނަށް ހުންނެވީ އެޑިއުކޭޝަން މިނިސްޓަރގެ ނައިބުކަމުގެ މަޤާމުގައެވެ. 

އަދި ކުރިން ހޯމް މިނިސްޓަރކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު ޒުހޫރުވަނީ މިނިސްޓަރ ކަމުގެ މަޤާމަށް މިއަދު ޢައްޔަންކުރައްވާފައެވެ.

އަޙްމަދު ޒުހޫރު ހޯމް މިނިސްޓަރކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީމިއަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. އޭގެ ކުރިން ޒުހޫރުވަނީ ރައީސް ޔާމީންގެ ކެބިނެޓްގެ ހެލްތު މިނިސްޓަރކަމާއި ޔޫތް މިނިސްޓަރކަންވެސް ކުރައްވާފައެވެ.