ޚަބަރު

އުލިގަމުގެ ކައުންސިލު އިދާރާގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފި


  • 55 ރަށެއްގެ ކައުންސިލް އިމާރާތްކުރަން ވަނީ ހަވާލުކޮށްފައި

  • މި މަސައްކަތްތައް 2 އަހަތާ 6 މަހުން ނިންމަނެ

ހއ. އުލިގަމުގެ ކައުންސިލް އިދާރާގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅާއިފިއެވެ.

މި އިމާރާތުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުލިގަމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެކަމަށްޓަކާ ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އޮފީސް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢަދަމް ޝަރީފް ޢުމަރުއެވެ.

މި މަޝްރޫޢު ކުރިއަށްގެންދަނީ ސަރުކާރުގެ ބަޖެޓުން ޚަރަދުކުރާގޮތަށް، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ.
އުލިގަމުގެ ކައުންސިލް އިދާރާގެ މަސައްކަތް ކުރިއަށްގެންދަނީ މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލްއާ ހަވާލުކޮށް ކުރިއަށްގެންދާ 55 ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫޢުގައި ހިމަނައިގެންނެވެ.

މި ޕްރޮޖެކްޓްގައި ހިމެނޭ މަސައްކަތައް ނިންމުމަށް ކަނޑައަޅާފަވަނީ 2 އަހަރާ 6 މަސް ދުވަހުންނެވެ. މި އިމާރާތްތައް ވެގެންދާނީ ޖާގަ ތަނަވަސް އަދި ކައުންސިލަރުންނާ އިދާރީ މަސައްކަތްތަކަށްވެސް ފަހިވާނެގޮތަށް، ޖާގައާއި ވަސީލަތްތައް ހަމަ އިމާރާތްތަކަކަށެވެ.

105 ރަށެއްގައި ކައުންސިލް އިދާރާގެ އައު އިމާރާތް އެޅުމަށް ސަރުކާރުން މިހާތަނަށް އިޢުލާނުކޮށްފައިވެއެވެ.