އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ފެން ހިންދާ ނިޒާމުގެ ޕަމްޕްތައް ނަގާ މާލެ ގެންނަން އުޅޭކަމަށް ދެކެވޭ ވާހަކަ އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ދޮގުކުރައްވައިފިއެވެ.
އައްޑޫ ސިޓީގެ ފެން ހިންދާ ނިޒާމުގެ މަސައްކަތަކީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށް ކުރިއަށްގެންދާ އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގައި ހިމެނޭ މަސައްކަތެކެވެ.
ވިއްސާރަ ދުވަސްވަރު ފެންބޮޑުވުމުގެ މައްސަލައަކީ އައްޑުއަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. 100 ކިލޯމީޓަރުގެ މަހުގެ ހެދުމަށް އައްޑޫގައި ފަށައިގެން ކުރިއަށްގެންދާ މަސްރޫޢުގައި މިހާރު މައިގަނޑުގޮތެއްގައި ކުރަމުންދަނީ މަޝްރޫޢުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. މީގެތެރޭގައި ޒަމާނީ ފެންދާ ނިޒާމުގެ މަސައްކަތްތައް އަދިވެސް ކުރިއަށްދެއެވެ.
ސޯޝަލް މީޑިއާގައި ދަޢުރުވަމުންދަނީ، އައްޑޫގެ ފެން ހިނދާ ނިޒާމު ޤާއިމުކުރުމަށް ބަހައްޓާފައިވާ ޕަމްޕްތައް މާލެ ގެންދިއުމަށް އުޅޭ ވާހަކަތަކެކެވެ. މިކަމާ ގުޅޭގޮތުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ އައްޑޫގެ ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް އަދި މުޅިން ނުނިމޭކަމަށާއި ޕަމްޕް ސްޓޭޝަންތަކުގައި ބަހައްޓާ ޕަންޕްތައް އިންސްޓޯލްކުރުމާއި ޓެސްޓުކުރުމުގެ މަސައްކަތްތައް، ކޮންޓްރެކްޓަރު މިވަގުތުވެސް ކުރަމުންދާކަމަށެވެ. ޕަމްތައް ނަގާ މާލެ ގެންނަން އުޅޭކަމަށް ދެކެވޭ ވާހަކަ ވަޒީރު ވަނީ ދޮގުކުރައްވާފައެވެ.
This is absolutely not true. We have not commissioned pumps yet and the contractor is carrying out installation and testing of pumps. https://t.co/D85Ss5JqGe
— Abdulla Muththalib (@muththo) January 2, 2025
އައްޑޫގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ނިމޭއިރު، ރަށްރަށުގައި ފެންބޮޑުވާ މައްސަލައަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ރިޢާޔަތްކުރަމުންދާކަމަސް ވަޒީރު މީގެކުރިންވެސް ވިދާޅުވެފައިވެއެވެ.
އައްޑޫ މަގުތައް ތަރައްޤީކުރަނީ މޫސުމީ ބަދަލުތަކަށް ވިލުންތެރިވާނެހެންކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. ވަޒީރު ވިދާޅުވީ މަގުތައް ނިމޭއިރު، ބޯކޮށް ވާރޭވެހި ފެން ބޮޑުވެއްޖެނަމަ ފެން ހިންދުމަށް ބޭނުންވާނެ ޒަމާނީ ނިޒާމެއް އައްޑޫގައި ޤާއިމުވެފައި އޮންނާނެކަމަށެވެ.
އައްޑޫ މަގު ހެދުމުގެ މަޝްރޫޢުއަކީ 1 ބިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މަޝްރޫޢުގައި އައްޑޫ ފެދޫ، މަރަދޫ، މަރަދޫ ފޭދޫ، ހިތަދޫ އަދި ހުޅުމީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ހިމެނެއެވެ.