ޚަބަރު

ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ސަމީރު އިސްތިއުފާދެއްވައިފި


  • ސަމީރު އެމަޤާމަށް އައްޔަން ކުރެއްވީ 12 މޭ 2022

ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އަލްއުސްތާޛް ޢަލީ ސަމީރު މަޤާމުން އިސްތިއުފާދެއްވައިފިއެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އޭނާ އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދެއްވާފައެވެ.

ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ވަނީ އަލްއުސްތާޛް ޢަލީ ސަމީރު ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނަވައި ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް ޝުކުރު އަދާކުރައްވާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ޕްރޮސެކިއުޓަރ ޖެނެރަލަށް ލިބިދޭ ބާރުގެ ދަށުން ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢަލީ ސަމީރު އައްޔަން ކުރެއްވީ 12 މޭ 2022 ގައެވެ.

އަލްއުސްތާޛު ޢަލީ ސަމީރުވަނީ މަދަނީ ކޯޓުގެ ޤާޟީކަމާއި، މަދަނީކޯޓުގެ އިސް ޤާޟީކަމާއި، ސިވިލް ކޯޓުގެ އިސް ޤާޟީކަންވެސް ކުރައްވާފައެވެ.

އަދި 26 މާރިޗު 2011 އިން ފެށިގެން 17 އެޕްރީލް 2022 އާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސްވަނީ ކުރައްވާފައެވެ. ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އިރު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަންވެސް އަލްއުސްތާޛު ޢަލީ ސަމީރު ކުރައްވާފައިވެއެވެ.