ޚަބަރު

ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތަށް ޝުކުރު ހައްޤު: ޗަމްޕާ މުޙައްމަދު މޫސާ


  • މުޙައްމަދު މޫސާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ކުރާމަސައްކަތައް ޝުކުރު ހައްޤުކަމަށް ޗަމްޕާ ބްރަދާރސްގެ ޗެއާރމަން މުހައްމަދު މޫސާ( އުއްޗު) ވިދާޅުވެއްޖެއެވެ.

މުޙައްމަދު މޫސާ މިހެން ވިދާޅުވީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑުކަމުގައިވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްއިން ދޭ "ފޭސް އޮފް ސައުތު އޭޝިއާ" އެވޯޑާއި ހަވާލުވެވަޑައިގަތުމަށްފަހު ޕީއެސްއެމްނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުގައެވެ.

ޗަމްޕަރ ބްރަދާރސްގެ ޗެއާރމަން މުހައްމަދު މޫސާ( އުއްޗު) ވިދާޅުވީ ފަތުރުވެރިކަމުގައި މިހާތަނަށް ހޯދާފައިވާ ކާމިޔާބަތަކީ ވަރަށް ބުރަ މަސައްކަތުން ހޯދާފައިވާ ކާމިޔާބީތަކެއްކަމަށެވެ. އެ ކާމިޔާބީތައް ހާސިލުކުރުމުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ހޭދައެއްކޮށްފައިވާކަން ފާހަގަކުރައްވާ މުޙައްމަދު މޫސާ ވިދާޅުވީ، ރިސޯޓްތައް ތަރައްޤީކޮށްފައިވަނީ ރާއްޖޭގެ ބޭންކުތަކުންނާއި ރާއްޖޭން ބޭރުގެ ތަންތަނުން ލޯނުނަގައިގެން ކަމަށެވެ.

އެ ލޯނުތަކަކީ އަނބުރާ ދައްކަންޖެހޭ ލޯނުތައްކަން ފާހަގަކުރައްވާ މުޙައްމަދު މޫސާ ވިދާޅުވީ އެކަމާއި ބައެއް ފަރާތްތަކުން ހިތްހަމަނުޖެހޭކަމަށާއި، މިދާއިރާއިން ލިބޭހާ ފައިސާ ރާއްޖެއިން ބޭރައް ގެންދަނީކަމަށް ބުނެ ވާހަކަ ދައްކަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެކަން ވަނީ އެހެން ނޫންކަމަށާއި،އެ ފައިސާއަކީ ބޭރު ޤައުމުތަކުން ނަގާފައިވާ ލޯނުތައް އަދާކުރުމަށް ފޮނުވާ ފައިސާކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން މި ސަރުކާރުން ކުރައްވަމުން ގެންދަވާ ގެންދަވާ މަސައްކަތަކާއި ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރާއްޖޭގެ ފަތުރުވެރިމުގެ ބާނީ ޗަންޕާ މުހައްމަދު މޫސާ ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ޝުކުރު ހައްޤު މަސައްކަތެއްކަމަށްވެސް މުހައްމަދު މޫސާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރެޔާ ދުވާލު ޝުކުރު އަދާކުރެއްވިއަސް ކޮޅުން ނުލާނެ. ފަތުރުވެރިކަމުންވެސް އަދި އެނޫންކަންކަމުންވެސް ސަރުކާރުން ކުރައްވާ މަސައްކަތައް ޝުކުރު އަދާ ކުރެއްވިއަސް ކޮޅުން ނުލާނެ. ރެޔާ ދުވާލު އަޅުގަނޑުމެންނާއެކީ އެޅުއްވަނީ." މުހައްމަދު މޫސާ ވިދާޅުވިއެވެ.

މުހައްމަދު މޫސާ ވިދާޅުވީ، ވިޔަފާރިވެރިންނާއި ރައްޔިތުންނަށް ދެރަވާނެ ކަމެއް ސަރުކާރުން ނުކުރާނެކަމަށް އުންމީދުކުރައްވާކަމަށެވެ. ރާއްޖޭގެ ފަތުރުވެރިިކަމުގެ އެއް ބާނީކަމަށްވާ މުޙައްމަދު މުސާއަކީ ރާއްޖޭގެ އިޤްތިޞާދުކުރިއެރުވުމުގައި މުހިންމު ހިއްސާދާރެކެވެ.