ޚަބަރު

ހުޅުމާލޭ ސްޕާއެއްގައި ހަށިވިއްކަން އުޅުނު 7 މީހުން ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ ދިވެހި ތިން އަންހެނުންނާއި ދިވެހި ފިރިހެނެއް

  • އަދި ތައިލެންޑު ތިން އަންހެނުން

ހުޅުމާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގާ ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަލާފާސްކޮށް ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެ ތަނުގައި ހަށިވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ޙައްޔަރުކޮށްފައިވަނީ ދިވެހި ތިން އަންހެނުންނާއި، ދިވެހި ފިރިހެނެއްގެ އިތުރުން ތައިލެންޑު ތިން އަންހެނުންކަމަށެވެ.

މި މައްސަލައާ ގުޅިގެން މި ހަތް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން ތައިލެންޑު ތިން އަންހެނުންގެ ބަންދަށް 10 ދުވަސް، ދިވެހި ތިން އަންހެނުންގެ ބަންދަށް 7 ދުވަސް އަދި ފިރިހެން މީހާ ބަންދަށް 5 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.