ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭކިންގ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކ. ގާފަރުގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
އަލަށް ހުޅުވި އޭޓީމީއެމް ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗަރޖް އޮފް ދަ ބޭންކް ޢާއިޝަތު ނޫރައްދީން ވިދާޅުވީ، ގާފަރުގައި މި ފެށި އޭޓީއެމް ޚިދުމަތާއެކު ކާފު އަތޮޅުގައި ކާށިދޫ އަދި މާފުށީގައި ގާއިމްކޮށްފައިވާ 2 ބްރާންޗުގެ އިތުރުން މީހުން ދިރިއުޅޭ އިތުރު 6 ރަށެއްގައި މިވަނީ ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކޮށްފައިކަމަށެވެ.
"ކ. ގާފަރުގައި އަލަށް މި ހުޅުވި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރަކީ އަޅުގަނޑުމެންގެ ކަސްޓަމަރުން ބޭނުންވާފަދަ ބޭންކިންގ ޚިދުމަތެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ މިސާލެއް." ނޫރައްދީން ވިދާޅުވިއެވެ.
. @STELCOMALDIVES takes great pride in being part of this important project, which is set to provide substantial benefits to the K. Gaafaru community and its stakeholders, both now and in the future. This initiative highlights President Dr. Muizzu’s government’s dedication to… https://t.co/2nESx7z0V5
— Hussain Fahmy (@HussainFahmy09) October 8, 2024
ކ. ގާފަރުގައި ގާއިމްކޮށްފައިވާ އޭޓީއެމްއަކީ ސްޓެލްކޯގެ އެހީތެރިކަމާއެކު އިމާރަތްކޮށްފައިވާ ތަނެކެވެ.
މިކަމާގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވީ، މި މަޝްރޫޢުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ ލިބުނު ފަހުރެއް ކަމަށެވެ. އަދި މިއީ ގިނަ ރައްޔިތުންތަކަށް ފައިދާވާނެ ކަމެއްކަން ފާހަގަކުރައްވާ ފަހުމީ ވިދާޅުވީ މިފަދަ މަޝްރޫޢުތަކުން ދައްކައިދެނީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތައްކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 89 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 144 އޭޓީއެމް، ކޭޝް އޭޖެންޓުގެ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ބީއެމްއެލުންދަނީ ފޯރުކޮށްދެމުންނެވެ.