މަސް ދޯނިފަހަރުތަކުގައި، އެން ގިނަ ދުވަހު ގެންގުޅެވޭނެގޮތް ހެދުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ދެވަނަ ދޯންޏެއްގެ އެންވަތްތައް ބަދަލުކޮށްފިއެވެ.
މި މަޝްރޫއަކީ ޖަޕާނުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މަސްވެރިކަމުގައި ބޭނުންކުރާ އެން ގިނަ ދުވަހު ގެންގުޅުމަށް އެންވަތަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމުގެ މަޝްރޫޢުގެ ދަށުން ދެވަނަ ދޯންޏެއް އެހެލައި އެންވަތް ބަދަލުކުރުމުގެ މަސައްކަތް އެ ވުޒާރާއާއި ޖަޕާންގެ ޓީމުން މިހަފްތާގައި ކުރިއަށްގެންގޮސްފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ފުރަތަމަ ބަދަލު ގެނެސްފައިވަނީ ގދ. މަޑަވެލީ 'ކަމަނަ' ދޯނީގެއެވެ. އަދި އެ ދޯނީގެ އެންވަތްތަކަށް ގެނައި ބަދަލުތަކާއެކު މިހާރު އެ ދޯނީގައި އެން ރައްކާކުރުމުގެ މަސައްކަތްވަނީ ހަރުދަނާވެފައެވެ.
މަސްވެރިކަމުގައި ބޭނުންކުރާ އެން ގިނަ ދުވަހު ގެންގުޅުމަށް އެންވަތަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމުގެ މަޝްރޫޢުގެ ދަށުން ދެވަނަ ދޯންޏެއްގެ އެހެލައި އެންވަތް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީއާއި ޖަޕާންގެ ޓީމުން މިހަފްތާގައި ވަނީ ކުރިއަށް ގެންގޮސްފައި. މިއީ ޖަޕާންގެ ހިލޭ… pic.twitter.com/hp9spTTLTL
— Ministry of Fisheries and Ocean Resources (@MFORmv) October 3, 2024
މިފަހަރު އެންވަތްތައް ބަދަލުކޮށްފައިވަނީ ގދ. ފަރެސްމާތޮޑާ ސާފީނާ ދޯނީގެއެވެ. އަދި މީގެއިތުރުން ޅ. ނައިފަރު ހުދުހުދު އެމްޕަރާ ދޯނީގެވެސް އެންވަތްތައް ބަދަލުކުރުމަށް ނިންމާފައިވާކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވއެވެ.
އެ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢުގެ ނަތީޖާއަށް ބަލައި ރާއްޖޭގެ އުޅަނދުފަހަރުގެ އެންވަތް ބަދަލުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢެއްވެސް އެވުޒާރާއިން ދަނީ އެކުލަވާލަމުންކަމަށެވެ.
މި މަޝްރޫޢުގައި އެންވަތައް ގެންނަ ބަދަލުގެ ތެރޭގައި އެންވަތުގެ ލޮނުގަނޑު ދައުރުކުރުމާއި މަރުވެފައި ހުންނަ އެން ވަތަށް ނުފައިބާ ވަތުންނެގޭ ގޮތަށް އެންވަތަށް ބަދަލު ގެނައުން ހިމެނެއެވެ.