މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމުން ވަނީ %10.2 ކުރިއެރުމެއް ހޯދާފައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖަނަވަރީ 1 އިން ފެށިގެން ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.38 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %10.2 ކުރިއެރުމެކެވެ.
• ޖަނަވަރީ: 192،385 ފަތުރުވެރިން
• ފެބްރުއަރީ: 217،392 ފަތުރުވެރިން
• މާރޗު: 194،227 ފަތުރުވެރިން
• އޭޕްރީލް: 168،366 ފަތުރުވެރިން
• މެއި: 119،875 ފަތުރުވެރިން
• ޖޫން: 123،284 ފަތުރުވެރިން
• ޖުލައި: 167،528 ފަތުރުވެރިން
• އޮގަސްޓް: 176،151 ފަތުރުވެރިން
• ސެޕްޓެމްބަރ 7 ގެ ނިޔަލަށް: 27،322 ފަތުރުވެރިން
• ޗައިނާ: 202،613 ފަތުރުވެރިން
• ރަޝިއާ: 149،920 ފަތުރުވެރިން
• އިނގިރޭސިވިލާތް: 119،189 ފަތުރުވެރިން
• އިޓަލީވިލާތް: 102،412 ފަތުރުވެރިން
• ޖަރުމަނުވިލާތް: 97،804 ފަތުރުވެރިން
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1222 ތަނެއް ވަނީ ހުޅުވާފައެވެ. މިއާއެކު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ހުރި އެނދުގެ އަދަދު ވަނީ 62،756 އަކަށް އަރާފައެވެ.