ޚަބަރު

މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަށް ކުރިމަތިލާން ހުޅުވާލައިފި


  • 30 ދާއިރާއަކުން އެވޯޑް ދޭނެ

  • 31 ޖުލައިގެ ނިޔަލަށް ނަން ހުށައެޅޭނެ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) އިން މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މަޓާޓޯއިން 2012 ވަނަ އަހަރު ތަޢާރަފްކުރި މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަކީ ފަތުރުވެރިކަމުގެ ސިނާއަތުން ވަރަށް ޝައުޤުވެރިކަމާއިއެކު އިންތިޒާރުކުރާ އަހަރީ ހަރަކާތެކެވެ.

މި އެވޯޑަކީ ދިވެހިރާއްޖެއިން ލިބެން ހުރި އެންމެ ފާހަގަކޮށްލެވޭ ކަންކަން ދައްކުވައިދޭ އިވެންޓެކެވެ. އެއީ ރިސޯޓްތަކާއި، ހޮޓަލްތަކާއި، ގެސްޓްހައުސްތަކާއި، ޓްރެވަލް އެޖެންސީތަކާއި، ޓުއާ އޮޕަރޭޓަރުންނާއި އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމާއި ތަރައްޤީގައި ދެމިތިބި ފަރާތްތަކުގެ އަގު ވަޒަންކުރުމަށް އެކުލަވާލެވިފައިވާ ހަފްލާއެކެވެ.

ކޯވިޑް-19 ގެ ސަބަބުން މެދުކެނޑުމަކަށްފަހު މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2024 ބާއްވަން ރާވާފައިވަނީ މި އަހަރުގެ ފަހު ކުއާޓަރުގައެވެ. މި އަހަރުގެ އެވޯޑްގައި 2 ސެގްމަންޓަކަށް އެވޯޑްސް ދެވޭނެއެވެ. އެއީ ގެސްޓްހައުސް އަދި ގާލާ ސެގްމެންޓެވެ.

ގެސްޓްހައުސް ދާއިރާއިން 9 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:

* ލީޑިން ކަލިނަރީ ގެސްޓްހައުސް
* ލީޑިން ފެމިލީ ގެސްޓްހައުސް
* ލީޑިންގ ގެސްޓްހައުސް (ސައުތު)
* ލީޑިން ގެސްޓްހައުސް (ނޯތު)
* ލީޑިންގ ގެސްޓްހައުސް (ސެންޓްރަލް)
* ލީޑިންގ ގެސްޓްހައުސް (މާލެ އޭރިއާ)
* ލީޑިން ގެސްޓްހައުސް އައިލެންޑް
* ލީޑިންގް ޓްރާންސްޕޯޓް ސަރވިސް ޕްރޮވައިޑަރ
* ލީޑިންގ ޑައިވިންގ އެންޑް ވޯޓަރސްޕޯޓްސް ސެންޓަރ، ގެސްޓްހައުސް އެޑިޝަން

ލީޑިން ދާއިރާއިން 21 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:

* ލީޑިން ބީޗް ރިސޯޓް
* ލީޑިން ޑައިވް ރިސޯޓް
* ލީޑިންގ ލިވްއަބޯޑް
* ލީޑިން ލަގްޒަރީ ރިސޯޓް
* ލީޑިން އޯލް އިންކްލޫސިވް ރިސޯޓް
* ލީޑިން ބިޒްނަސް ހޮޓަލް
* ލީޑިންގ ސީއެސްއާރު ޕްރޮގްރާމް
* ލީޑިން މައިސް ރިސޯޓް
* ލީޑިން ސަރފް ރިސޯޓް
* ލީޑިންގ ސަސްޓެއިނަބިލިޓީ ރިސޯޓް
* ލީޑިން ވޯޓާސްޕޯޓްސް ރިސޯޓް
* ލީޑިން ވެލްނެސް އެންޑް ސްޕާ ރިސޯޓް
* ލީޑިން ކަލިނަރީ ރިސޯޓް
* ލީޑިން ވިލާ ރިސޯޓް
* ލީޑިން ފެމިލީ ރިސޯޓް
* މޯސްޓް ރޮމޭންޓިކް ރިސޯޓް
* ލީޑިންގ ޑޮމެސްޓިކް އެއާލައިން
* ލީޑިން އިންޓަނޭޝަނަލް ކެރިއަރ
* ލީޑިންގ ސީ ޓްރާންސްޕޯޓް ސާވިސް ޕްރޮވައިޑަރ
* މޯސްޓް އިމްޕްރެސިވް ރެސްޓޯރެންޓް
* ބެސްޓް ވަރކްޕްލޭސް

މި އެވޯޓަށް 31 ޖުލައިގެ ނިޔަލަށް ނަން ހުށަހެޅުމުގެ ފުރުޞަތު މަޓާޓޯއިން ވަނީ ހުޅުވާލާފައެވެ. އެއަށްފަހު ވޯޓްލުމުގެ ފުރުޞަތު ހުޅުވާލެވޭނެކަމަށް ވަނީ ބުނެފައެވެ.