ޚަބަރު

ހަނިމާދޫ ގެއެއްގެ ކޮޓަރި ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ


  • މަރުވެފައި އޮއްވާ ފެނުނީ 64 އަހަރުގެ ދިވެހި ފިރިހެނެއް

  • ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް ވަނީ މަރުވެފައި

ހދ. ހަނިމާދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަރުވެފައި އޮއްވާ ފެނުނީ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާ މަރުވެފައި އޮއްވާ ފެނުނީ ހަނިމާދޫ ގެއެއްގެ ކޮޓަރިއެއްގައި ކުއްޔަށް އުޅޭ މީހަކު ރޭ ކޮޓަރިއަށް ވަތްގޮތަށް ޚަބަރެއް ނުވާކަމަށް މިއަދު ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން ބެލިބެލުމުންކަމަށެވެ.

އެގޮތުން ކޮޓަރިއަށް ވަދެ ބެލިއިރު އެއްވެސް ހަރަކާތެއްނެތި އެނދުމަތީގައި މީހާ އޮއްވާ ފެނިފައިވާކަމަށާއި، ރަށު ހެލްތު ސެންޓަރަށް އެމީހާ ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މަޢުލޫމާތުދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ޙާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.